މޫސުން ގޯސްވެގެން ހިނގި ދެ ހާދިސާއެއްގައި މުދާ އުފުލާ ބޯޓަކާއި ދޯންޏެއް އަޑިއަށް ހިނގެއްޖެ އެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި މިއަދު މެންދުރު އަޑިއަށްދިޔައީ އިރުވެލި ދޯނި ނަމަކަށް ކިޔާ ދޯންޏެކެވެ. މިރޭ އަޑިއަށް ދިޔައީ އޯޝަނިކް އެކްސްޕްރެސް ނަމަކަށް ކިޔާ ބޯޓެކެވެ.
މި ދެ ހާދިސާގައި ވެސް އެންމެން ސަލާމަތްކޮށްފައިވެ އެވެ.
މިރޭ އަޑިޔަށް ދިޔައީ ލ. ހިތަދޫގައި ދުއްވާ އޯޝަނިކް އެކްސްޕްރެސް ބޯޓެވެ.
އެ ބޯޓުން ދަތުރުކުރި ލ. މާވަށް، އަލީ ޔޫސުފް މި ނޫހަށް ބުނީ ބޯޓު އަޑިއަށް ދިޔައީ މާލެއިން ފުރައިގެން ލ. އަތޮޅަށް ދަތުރުކުރަމުންދަނިކޮށް މާލެ އަތޮޅުގެ ދެކުނުން ނިމޭ ހިސާބަށް ކަމަށެވެ.
އޭރު ބޯޓުގައި 12 މީހުން ތިބި ކަމަށާއި އެއީ ފަސް ބިދޭސީންނާއި ހަތް ދިވެހިން ކަމަށް އޭނާ ބުންޏެވެ. އެ އެންމެން ސަލާމަތް ކުރީ މާފުށީ ލޯންޗަކުންނެވެ. އެއަށް ފަހު އެ އެންމެން ގެންދިޔައީ ސަން ސިޔާމް އޮޅުވެލިފުށި ރިސޯޓަށެވެ. މިހާރު އެ އެންމެން ވަނީ މާލެ ގެނެސްފަ އެވެ.
އޭނާ ބުނީ ބޯޓު އަޑިއަށް ދިޔައީ ކަނޑު ގަދަވެ، ބޯޓަށް ރާޅު އަރައި ދިޔަވެގެން ކަމަށެވެ.
އަޑިއަށްދިޔަ އޯޝަނިކް އެކްސްޕްރެސްގައި ހަތަރު ރަށެއްގެ ގިނަ އަދަދެއްގެ މުދާ ހުރި ކަމަށް ވެސް އަލީ ޔޫސުފް ބުންޏެވެ.
އެ ހާދިސާއާ ގުޅިގެން ފުލުހުން މިހާތަނަށް އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ.
މިއަދު ހިނގި އަނެއް ހާދިސާއަކީ ވެލި ނަގަން ދިޔަ އައްޑޫ މީދޫ އިރުވެލި ދޯނި އަޑިއަށް ދިޔުމެވެ.
ފުލުހުން ބުނީ އެ އަޑިއަށްދިޔައީ މީދޫ އިސްމެހެލާ ހެރާއާ ދިމާލު ބޭރަށް ކަމަށެވެ. އޭރު އެ ދޯނީގައި ތިބި ބަންގްލަދޭޝް މީހާ އާއި ސްރީލަންކާ މީހާ ސަލާމަތްކުރީ ހިތަދޫއަށް ދަތުރުކުރި ސަދަން ޓްރާންސްޕޯޓް ލިންކްގެ ލޯންޗުންނެވެ.
ބޯޓަކާއި ދޯންޏެއް އަޑިއަށް، އެންމެން ސަލާމަތް ކުރެވުނު ބޯޓަކާއި ދޯންޏެއް އަޑިއަށް، އެންމެން ސަލާމަތް ކުރެވުނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ