އެމެރިކަން އެކްސްޕްރެސް (އެމެކްސް) ޕްލެޓިނަމް ކާޑުން ވިޔަފާރިކޮށްގެން ސިންގަޕޫރުގައި އޮންނަ ފޯމިއުލާ 1 ބަލާލުމުގެ ފުރުސަތު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ހުޅުވާލައިފި އެވެ.
ތަފްސީލް - މި މަހުގެ ނިޔަލަށް ކާޑުން މުއާމަލާތް ކުރާ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ 2 ކަސްޓަމަރަކަށް، އިތުރު ދެ މީހަކާ އެކު ފޯމިއުލާ 1 ބަލާލުމުގެ ފުރުސަތު ލިބޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
ހޮވޭ ފަރާތްތަކަށް ލިބޭ އިނާޔަތްތަކަކީ:
އެމްކްސް ސްކައި ސޫޓް ޓިކެޓް
އެފް1 ސިންގަޕޯ ގްރޭންޑް ޕްރިކްސް 2025އަށް 3 ދުވަހުގެ އެކްސެސްއާ އެކު އެމެކްސް ސްކައި ސޫޓް ފާސް
ސިންގަޕޫރުގައި 3 ރޭ ހުރުން
ހާއްސަ އެފް1 ގިފްޓް މާޗަންޑައިސް ޕެކެއް
ޕީއޯއެސް މެދުވެރިކޮށް، އޮންލައިން އަދި ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ރާއްޖެ އާއި ރާއްޖޭން ބޭރުގައި ޕްރޮމޯޝަން މުއްދަތުގެ ތެރޭގައި 3،000ރ.އަށް ވުރެ މަތިން ވިޔަފާރިކޮށްގެން މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ.
އެނގުން މުހިންމު - ބީއެމްއެލްއަކީ ރާއްޖޭގައި އެމެރިކަން އެކްސްޕްރެސް ކާޑު ދޫކޮށް، އެމެކްސް ކާޑުތަކުން ޕޭމަންޓް ބަލައިގަންނަ ހަމައެކަނި ބޭންކެވެ.
އެމެކްސްއާ އެކީ ބީއެމްއެލްއިން ހާސިލުކުރި ކާމިޔާބީތަކާއި ލަނޑުދަނޑިތަކުގެ ތެރޭގައި
ބީއެމްއެލް އިން ރާއްޖޭގައި ފުރަތަމަ ކްރެޑިޓް ކާޑުތައް ތައާރަފުކޮށް، ވަކިވަކި ފަރުދުންނާއި ވިޔަފާރިތަކަށް ދުނިޔޭގެ ފެންވަރުގެ މާލީ ހައްލުތަކަށް ވާސިލުވުމުގެ ބާރު ދިނުން
އެމެކްސްގެ ހިދުމަތް ބަލައިގަތުން ތައާރަފުކޮށް، އަވަސް ސްޕީޑެއްގައި ކުދި ފިހާރަތަކުން ފެށިގެން ރާއްޖެ ދުނިޔޭގެ މަންޒިލަކަށް ހަދާފައިވާ ރިސޯޓުތަކާ ހަމައަށް އެ ހިދުމަތް ފުޅާކުރުން
އެމްކްސްއާ އެކު 'އެކްސްޕީރިއަންސް މޯލްޑިވްސް' ޑެސްޓިނޭޝަން މާކެޓިން ކެމްޕޭން ފަށައި ފަތުރުވެރިކަމުގެ ސިނާއަތަށް އެހީތެރިވެދީ، ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލަކަށް ރާއްޖެ ހެދުމަށް އެމެކްސްގެ ފުޅާ ނެޓްވޯކްގައި ރާއްޖެ މަޝްހޫރުކޮށްދިނުން
އެމެކްސް ޕްލެޓިނަމް ކާޑު ޕްރޮމޯޝަން: ސިންގަޕޫރު ފޯމިއުލާ 1 ބަލާލުމުގެ ފުރުސަތު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ