ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އާއި އޭނާގެ ދަރިކަލުން ސިޔާދް ގާސިމްއާ ގުޅޭ ގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަތަކާ ގުޅިގެން އެޅޭނެ ގާނޫނީ ފިޔަވަޅެއް ބަލަމުންދާ ކަމަށް ޖޭޕީން ބުނެފި އެވެ.
ޖޭޕީން ބުނީ ގާސިމް އާއި ސިޔާދުއާ ބެހޭ ގޮތުން އަދަދު ނޫހުން ގެނެސްދިން އެތެރެފުށް ޕްރޮގްރާމްގައި ޔާމީން ދެއްކެވީ ސާބިތު ނުހިފޭ ދޮގު ބުހުތާނު ވާހަކަތަކެއް ކަމަށްވާތީ، އެކަމާ ގުޅިގެން އެޅޭނެ ގާނޫނީ ފިޔަވަޅަކީ ކޮބައިތޯ އެ ޕާޓީގެ ގާނޫނީ ޓީމުން ބަލަމުންދާ ކަމަށެވެ.
"ގާސިމް އިބްރާހީމް އާއި އެ މަނިކުފާނުގެ ދަރިކަލުންނާ ބެހޭގޮތުން ދައްކާފައިވާ ސާބިތު ނުހިފޭ ދޮގު ބުހުތާނު ވާހަކަ ދައްކާފައިވާތީ މިކަމާ ގުޅިގެން ޔާމީނާ ދެކޮޅަށް ގާނޫނީ ގޮތުން އެޅިދާނެ ފިޔަވަޅުތަކަކީ ކޮބައިތޯ ޖޭޕީ ގާނޫނީ ބޭފުޅުންގެ ފަރާތުން ބަލަމުން އެބަދަން،" އެ ޕާޓީން ބުންޏެވެ.
އެތެރެފުށް ޕްރޮގްރާމުގައި ޔާމީން ވިދާޅުވީ ސުޕްރީމް ކޯޓުން 2018 ވަނަ އަހަރު ނެރުނު ފަނޑިޔާރުންނަށް މެލޭޝިއާއިން ފްލެޓް ގަނެދިނުމުގެ އިތުރުން ހުޅުމާލޭގައި ހުރި ފްލެޓް ގަނެދިނީ ގާސިމާއި ސިޔާދު ކަމަށެވެ.
ޔާމީން ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ގާސިމް އާއި ސިޔާދު ރިޝްވަތު ދިން ކަމުގެ ތުހުމަތުކުރެވޭ ލިޔުންތައް ސަރުކާރުގައި މިހާރު ވެސް ހުންނާނެ ކަމަށެވެ. މީގެއިތުރުން ފްލެޓްތައް ގަންނަން ޖާމިނުވެ، ގާސިމްގެ ފަރާތުން ލިޔުން ދެއްވީ ސިޔާދު ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
"2018 ގެ ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ސުޕްރީމް ކޯޓު ފަނޑިޔާރުންނަށް މެލޭޝިއާއިން ގެ ގަނެދިނީ ކާކުތޯ ބައްލަވާލައްވާ. ފްލެޓް ގަނެދިނީ ކޮން ބައެއްތޯ ބައްލަވާލައްވާ. ދެން އެމީހުން ހުޅުމާލޭގައި ހުރި ފްލެޓް ގަންނަން ގެރެންޓީގައި ސޮއިކޮށްފައި އޮތީ ކާކުތޯ ބައްލަވާލައްވާ،" ޔާމީން ވިދާޅުވި އެވެ.
"މިހާރުވެސް ސަރުކާރުގައި ހުންނާނެ އެ ލިޔުންތައް. ކާކުތޯ އެ ފްލެޓްތައް ގަންނަން ޖާމިނުވެފައި އަންޑަރައިޓް ކޮށްފައި ގާސިމްގެ ފަރާތުން ލިޔުން ދީފައި އޮތީ ކާކުތޯ އައްސަވާބައްލަވާ ގާސިމް ދަރިން ކައިރިން. އެ ބަލާލީމަ ނޫންތޯ އެނގޭނީ ގާސިމް ދަރިފުޅު ހައްޔަރުކުރަން ޖެހުނީ ކީއްވެގެންތޯ. ރިޝަވަތަކާ ގުޅިގެން."
އެތެރެފުށް ޕްރޮގްރާމުގައި ޔާމީނު ވަނީ އެމަނިކުފާނުގެ ވެރިކަމުގައި މައުމޫން އަބްދުލްގައްޔޫމް ހައްޔަރު ކުރަންޖެހުނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތު ދިނުމުން ކަމަށް ވެސް ވިދާޅުވެފަ އެވެ. އެކަމާ ގުޅިގެން މައުމޫންގެ އޮފީހުން ބުނީ ޔާމީންގެ ވެރިކަމުގެ ފަހު އަހަރުގެ ފެބްރުއަރީ މަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ މައުމޫންއާ އެއްވެސް ގުޅުމެއް ނެތް އަމުރެއް ކަމަށެވެ.
މިގޮތުން މައުމޫނާއި ގުޅޭ ގޮތުން ޔާމީން ދެއްކެވި ވާހަކަތަކާ ގުޅިގެން ގާނޫނީ ގޮތުން އެޅެންހުރި ފިޔަވަޅުތައް އެޅުމުގެ ކަންކަން ކުރިއަށް ގެންދިޔުމާ ބެހޭ ގޮތުން މައުމޫން ވިސްނަމުން ގެންދަވާ ކަމަށް އެމަނިކުފާނުގެ އޮފީހުން ބުންޏެވެ.
"އަދަދު" އަށް ދެއްވި އިންޓަވިއުގައި ދެއްކެވި ވާހަކަތަކަކާ ގުޅިގެން ޔާމީންއާ ދެކޮޅަށް ގާސިމް ގާނޫނީ ފިޔަވަޅު އަޅަނީ "އަދަދު" އަށް ދެއްވި އިންޓަވިއުގައި ދެއްކެވި ވާހަކަތަކަކާ ގުޅިގެން ޔާމީންއާ ދެކޮޅަށް ގާސިމް ގާނޫނީ ފިޔަވަޅު އަޅަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ