ބަންޑުންޖަހާލި ޑިންގީއެއް ގައި ތިބި 2 މީހުން ސަލާމަތްކޮށްފި

ދެ ޑިންގީއެއް ކަނޑުމަތީގައި ބެހިފައި ވަނިކޮށް އޭގައި ތިބި މީހުންނަށް ފުލުހުންނާއި އެމްއެންޑީއެފް އިން މިއަދު އެހީތެރިވެއްޖެ އެވެ.
ވީ ކިހިނެއް؟ - ފުލުހުން ބުނީ ގދ. މަޑަވެއްޔާ ދިމާ ބޭރުން ދަތުރުކުރަމުން ދިޔަ ޑިންގީއެއް އޮޔާ ދާ ކަމުގެ ރިޕޯޓު މިއަދު ހެނދުނު 8:39ގައި ލިބުނު ކަމަށެވެ.
ތަފްސީލް - އެ ރިޕޯޓާ ގުޅިގެން ފުލުހުންނާއި އެމްއެންޑީއެފްގެ ސާޗު އެންޑް ރެސްކިޔު ޓީމެއް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދަނިކޮށް ބެހިފައިވާ އިތުރު ޑިންގީއެއް އެ ޓީމަށް ފެނުނު ކަމަށް ފުލުހުން ބުންޏެވެ.
އެމީހުން އަނބުރާ މަޑަވެއްޔަށް ދިޔުމަށް އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދިން
އޮޔާ ދާކަމަށް ރިޕޯޓު ލިބުނު ޑިންގީ ހޯދަމުންދަނިކޮށް އެ ޑިންގީ ބަންޑުން ޖަހާލާފައި އޮއްވާ ފެނިފައިވާ ކަމަށާއި އެއިން ދަތުރު ކުރި ދެމީހުން ވެސް ސަލާމަތުން ޑިންގީގެ މަތީ ތިބި ކަމަށް ފުލުހުން ބުންޏެވެ.
އެމީހުން ފެނުނީ ފުލުހުންގެ ސާޗު ޓީމަށް
އެ މީހުންގެ ހާލު ރަނގަޅު؛ އެއީ 40 އަހަރުގެ ދިވެހި ފިރިހެނަކާއި 66 އަހަރުގެ ދިވެހި ފިރިހެނެއް
ފާހަގަ ކުރެވޭ - މިއަދު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް މޫސުން ގޯސްވާނެ ކަމަށް މެޓު އޮފީހުން ވަނީ ލަފާކޮށްފަ އެވެ. ދ. އަތޮޅުން ފެށިގެން އައްޑޫ އާއި ހަމައަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހި 45 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. މީގެ އިތުރުން ހއ. އިން ފެށިގެން ފ. އަތޮޅާއި ހަމައަށް ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ ކަމަށް ވެސް މެޓުން ލަފާކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ