ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލުން: ނިޔާވީ ސިފައިންގެ މީހެއް
ކާށިދޫ ކަނޑަށް ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލި ހާދިސާގައި ސިފައިންގެ މީހަކު ނިޔާވެއްޖެ އެވެ.އެމްއެންޑީއެފުން ބުނީ ކޮޅުވެއްޓިން ދަތުރުކުރީ 6 މީހުން ކަމަށެވެ. އޭގެ ތެރެއިން ބަންގްލަދޭޝްގެ އެކަކު އަދި ނުފެނެ އެވެ.އެނގިފައިވާ ގޮތުގައި، ކޮޅުވެއްޓިން ދަތުުރުކުރި ފަސް މީހުން ވަނީ ޅ. ނައިފަރުގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފަ އެވެ."ވޮރަންޓް އޮފިސަރު 2 އަލީ ހާމިދު ފެނިގެން، ޅ. ނައިފަރު ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާކަމުގައި، އެ ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފަ އެވެ." އެމްއެންޑީއެފުން ބުންޏެވެ.އެމްއެންޑީއެފުން ބުނީ ބަންޑުން ޖަހާލީ ސިފައިންގެ ކުންފުންޏެއް ކަމަށްވާ ސިވެކްގެ ލޭންޑިން ކްރާފްޓެއް ކަމަށެވެ. އެއިން ދަތުރުކުރި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ