ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ނުގަވައިދުން ވަން ލަންކާގެ ދެމަސްބޯޓު ހިފަހައްޓައިފި
ނުގަވައިދުން ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަން ލަންކާގެ ދެ މަސް ބޯޓު އެމްއެންޑީއެފުން ރޭ ހިފަހައްޓައިފިއެވެ. އެމްއެންޑީއެފުން މިއަދު ބުނީ، އެ ބޯޓުތައް ހިފެހެއްޓީ ރާއްޖޭގެ ޚާއްސަ އިގުތިޞާދީ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަނިކޮށް ކަމަށެވެ. އެބޯޓުތައް އަތުލައިގަތީ ރޭ ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ. ލަންކާގެ ދެ މަސްބޯޓު ހިފެހެއްޓުން --- ފޮޓޯ/އެމްއެންޑީއެފް އެމްއެންޑީއެފުން ހާމަކުރި ފޮޓޯތަކުން ފެންނަ ގޮތުން، އެ ބޯޓުތައް އަތުލައިގަތީ އެމްއެންޑީއެފް އަސްކަރީ ޑްރޯންތައް ބޭނުންކޮށްގެނެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވައިދާ ޚިލާފަށް ވަންނަ މަސް ބޯޓުތައް ދޭތެރެއަކުން ހިފަހައްޓައެވެ. މިފަދަ ބޯޓުތައް އާންމުކޮށް މި ސަރަހައްދަށް ވަންނަނީ މަސްވެރިކަން ކުރުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ