ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި، މާލެ ވަށައިގެން 19 ސަރަހައްދެއްގައި ހަވާ އަރުވާނެ ކަމަށް އެމްއެންޑީއެފުން މިރޭ ބުނެފި އެވެ.
ވީ ކިހިނެއް؟- އެމްއެންޑީއެފުން ބުނިގޮތުގައި:
މާލެ ވަށައިގެން ކަނޑުގެ 16 ސަރަހައްދެއްގައި ހަވާ އަރުވާނެ
އަދި އެއާޕޯޓު ކައިރިން ތިން ސަރަހައްދެއްގައި ހަވާ އަރުވާނެ
މި ރީތިކަން ހަ މިނިޓަށް ފެންނާނެ
އެމްއެންޑީއެފުން ބުނިގޮތުގައި ހަވާ އަރުވަން ފަށާނީ މާދަމާ ރޭ 8:30ގަ އެވެ.
އެމްއޭސީއެލުން ކުރިން ބުނިގޮތުގައި ހަވާޔާ އެކު ޑްރޯން ޝޯއެއް ވެސް ބޭއްވުމަށް ވަނީ ހަމަޖައްސާފަ އެވެ.
އެނގުން މުހިއްމު - މީގެ ކުރިން އެންމެ ގިނައިރު، އަދި އެންމެ ބޮޑުކޮށް ހަވާ އަރުވާފައިވަނީ، ސިނަމާލެ ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތުގަ އެވެ. އެކަމަކު އެންމެ 'ކުލަގަދަ' ހަވަޔާއެކު މާދަމާ ރޭގެ ރަސްމިއްޔާތު އަނެއްކާވެސް ތާރީހުގެ ތެރެއަށް ވަންނާނެ އެވެ.
އާ ޓާމިނަލާ އެކު، ހަވާގެ ވެސް ބޮޑު ރެއެއް؛ 19 ސަރަހައްދެއްގައި އަރުވާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ