ފަވަރަ މެދުވެރިކޮށް އިންޑިއާގެ ރުޕީސް އާއި ދިވެހި ރުފިޔާގެ މުއާމަލާތް ކުރެވޭ ގޮތް ހަދަނީ ބީއެމްއެލްއިން އިންޑިއަން ރުޕީ އެކައުންޓް ހުޅުވޭނެ ގޮތް ހަމަޖައްސައި އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ “ފަތަމާ ހިނގާ” ޕްރޮގްރާމް ނިންމައި ބައިވެރިންނަށް ސެޓްފިކެޓްދީފ

ދިވެހިރާއްޖެ އާއި އިންޑިއާގެ އެކުވެރިކަން ބިނާވެފައިވަނީ ހަރުދަނާ ގުޅުންތަކާއި، ސާބިތު ބައިވެރިވުންތަކުގެ މައްޗަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ދިވެހިރާއްޖެއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، އެ މަނިކުފާނުގެ ޝަރަފުގައި ރޭ ބޭއްވެވި ފުރަމާނަ ޖާފަތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ދިވެހިރާއްޖެ އާއި އިންޑިއާގެ 60 އަހަރުވީ ހާރިޖީ ގުޅުމަށް އަލިއަޅުއްވާލައްވަމުން އެ މަނިކުފާނު ވަނީ، ދެ ގައުމުން ހިއްސާކުރާ ތާރީހާއި ދެ ގައުމުގެ ސާބިތު ބައިވެރިވުންތަކަށް އިޝާރާތްކުރައްވާފައެވެ.
ދެ ގައުމުގެ ގުޅުމުގެ ހުދޫދަކީ ހަމައެކަނި ހާރިޖީ ގުޅުންތައް ނޫންކަމަށާއި، ދިވެހިރާއްޖެ އާއި އިންޑިއާގެ ގުޅުން މޫލާފައިވަނީ އެތައް ގަރުނެއް ކުރީއްސުރެ ޤާއިމުވެ ބަދަހިވަމުންގޮސްފައިވާ އެކުވެރިކަމުގެތެރެއިން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އިންޑިއާ ކަނޑަކީ މި ގުޅުމުގެ ދިރުންހުރި ދަލީލެއްކަމަށް ވިދާޅުވެ، ވިޔަފާރީގެ ބައިވެރިންގެ ގޮތުގައި އަދި އަވައްޓެރީންގެ ގޮތުގައި ދެ ޤައުމުން ބިނާކޮށްފައިވަނީ ކަނޑާނުލެވޭ ފަދަ ވަރުގަދަ ގުޅުމެއްކަމަށް އެ ރައީސް ވިދާޅުވިއެވެ. އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ދެއްވާ އެހީތެރިކަމާއި، އެ ޤައުމުން ދިވެހިރާއްޖެއާ އެކު ބާއްވަވާ އިހްލާސްތެރި ރަޙުމަތްތެރިކަމަށްޓަކައި އެ މަނިކުފާނު ވަނީ ޝުކުރުއަދާކުރައްވާފައެވެ.
މީގެ އިތުރުން، ދިވެހި ސަރުކާރުގެ އޒުމަކީ، ޝާމިލު އަދި ދިރުންހުރި އިގްތިސާދެއް ބިނާކޮށް، ޒުވާނުން ބާރުވެރިކޮށް، ސަރަޙައްދީ ގޮތުން އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރެއްވުން ކަމުގައިވެސް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި މި އަމާޒަށް ވާސިލުވުމުގައި އިންޑިއާގެ އެހީތެރިކަމުގެ ބޭނުން ބޮޑުވާނޭކަންވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ބޮޑުވަޒީރު މޯދީ ދެއްކެވި ވާހަކަފުޅުގައިވެސް ވަނީ، އެއް ގައުމުން އަނެއް ގައުމަށް ކުރާ އިތުބާރާއި، ދެ ޤައުމުގެ ދެމެދުގައިވާ ރަޙުމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ދެ ގައުމުގެ ސަގާފީ ގުޅުންތަކުން އެތައް ޖީލެއް މުއްސަނދިކޮށްދީފައިވާކަމަށް ވިދާޅުވެ، ފަރުދީ ފެންވަރެއްގައި ދެ ޤައުމުގެ ގުޅުން ބަދަހިކޮށްދެނީ ހިއްސާކުރާ ތަރިކަތަކުންކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ