ރައީސް މުއިއްޒުގެ ނަންފުޅާ އެކު އާ ޓާމިނަލް ހުޅުވަން ޑްރޯން ޝޯއެއް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ ގޮތުން މިރޭ ބޭއްވި ހަރަކާތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ހަރަކާތަކީ ޑްރޯން ޝޯ އެވެ.
ކުރިން އިވިފައި އޮތީ އެ ޑްރޯން ޝޯގައި ރައީސް މުހައްމަދު މުއިއްޒުގެ މޫނުފުޅު އުޑުމަތިން ދިއްލާލާނެ ކަމަށެވެ. އެކަން އެގޮތަށް ނުކުރި ނަމަވެސް، އާ ޓާމިނަލް ހުޅުވުމުގެ ޝަރުފު ލިބިވަޑައިގަތުމާ އެކު އެ މަނިކުފާނުގެ ނަންފުޅު ވިޔަސް ވީއައިއޭގެ މަތިން ވަނީ ދިއްލާލާފަ އެވެ.
އެ ޑްރޯން ޝޯގައި ދިވެހި ބަހުން، "ޝުކުރިއްޔާ ރައީސް ޑރ. މުއިއްޒު" މި އިބާރާތްކޮޅު ގިނަ އަދަދެއްގެޑްރޯން ބޭނުންކޮށްގެން ވަނީ އަރުވާފަ އެވެ.
އެތައް ހާސް ބަޔަކު ދުރާ ގާތުން ބެލި އެ ޑްރޯން ޝޯގައި ރާއްޖޭގެ ތާރީހާއި ސަގާފަތާ ގުޅޭ ބައެއް މަންޒަރުތަކާއި ވެސް ވަނީ ދައްކާލާފަ އެވެ. އޭގެ ތެރޭގައި:
ރާއްޖޭގެ މިނިވަންކަމުގެ އެއްބަސްވުމުގައި ކުރީގެ ރައީސް އިބްރާހިމް ނާސިރު ސޮއިކުރެއްވި މަންޒަރު
އޮޑިދޯނިފަހަރު
ދިވެހި ކަނޑުގައި ދިރިއުޅޭ މަންޓާ ނުވަތަ އެން މަޑި
ދިވެހި ޕާސްޕޯޓު
ރިޔަލު ދޯންޏެއް
މަތިންދާބޯޓެއް
ސީޕްލޭން
ދިވެހި ދިދަ ހިމެނޭ އެކި މަންޒަރުތައް
އިނގިރޭސި އަކުރުތަކުން 'ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު' އެރުވުމަށްފަހު އެ ރަސްމިއްޔާތުގައި ދެން ފެނުނީ ރާއްޖޭގެ ތާރީހުގައި އެއްފަހަރާ އެންމެ ގިނައިން ހަވާ އެރުވި މަންޒަރެވެ.
އެގޮތުން އެއާޕޯޓުގެ ވަށައިގެން 19 ސަރަހައްދަކުން، ހަ މިނެޓުގެ ވަގުތުކޮޅަކަށް ހަވާ އަރުވާފައިވެ އެވެ.
ސައުދީ ބިންލާދިން ގްރޫޕާ ހަވާލުކުރީ މެއި 2016ގައި
އެ ކުންފުނިން އެ މަސައްކަތް ކުރަނީ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ)އާ ހަވާލުކޮށްގެން
350 މިލިއަން ޑޮލަރު (5.3 ބިލިއަން ރުފިޔާ): ފުރަތަމަ ލަފާކުރި އަދަދު
457 މިލިއަން ޑޮލަރު (7 ބިލިއަން ރުފިޔާ): މިހާރު އަރާނެ ކަމަށް ލަފާކުރެވޭ އަދަދު
7.5 މިލިއަން ދަތުރުވެރިންނަށް ހިދުމަތް ދެވޭ ވަރުގެ ޓާމިނަލެއް
40 ޑިޕާޗާ ގޭޓާއި 38 އިމިގްރޭޝަން ކައުންޓަރު
ފްލައިޓަށް އަރާފައިބަން އެއިރޯ ބްރިޖުތައް ގާއިމް ކުރާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ