އައިކެއަރ ހޮސްޕިޓަލުން ރާއްޖެއަށް ސީ3އާރު ސާޖަރީ ތައާރަފުކޮށްފި
އައިކެއަރ ހޮސްޕިޓަލުން ރާއްޖެއަށް ކޯނިއަލް ކޮލާޖެން ކްރޮސް ލިންކިން (ސީ3އާރް) ސާޖަރީ ތައާރަފުކޮށް، ދިވެހީންނަށް ލޮލުގެ ޒަމާނީ ފަރުވާގެ ފުރުސަތުތައް އިތުރުކޮށްދީފިއެވެ. ސީ3އާރް ސާޖަރީއަކީ ލޮލުގެ ހާމަދުލި (ކޯނިއާ)އަށް ޖެހޭ ބައްޔެއް ކަމަށްވާ ކެރަޓޮކޯނަސްއަށް ދެވޭ، މިނިމަލީ އިންވޭސިވް ނުވަތަ މާ ބޮޑު އޮޕަރޭޝަނަކާ ނުލައި ކުރާ ފަރުވާއެކެވެ. ކެރަޓޮކޯނަސްއަކީ ހާމަދުލި ހުންނަން ޖެހޭ ވަރަށް ވުރެ ތުނިވެ، އެ ދުލި ހުންނަ ގޮތަށް ބަދަލު އަންނަން މެދުވެރިކުރާ ބައްޔެކެވެ. އެ ބައްޔަށް ފަރުވާނުކޮށް ގިނަ ދުވަސްވާނަމައާންމު ދިރިއުޅުމަށް ހުރަސްއެޅި، ހާމަދުލި ބަދަލުކުރަން ޖެހޭ ހިސާބަށް ދިޔުން އެކަށީގެންވެއެވެ. ކެރަޓޮކޯނަސް ބަލި ހުންނަ މީހުންނަށް ވަރަށް ބޮޑު ލުޔެއް ގެނެސްދޭ ސީ3އާރް ސާޖަރީގައި އަމަލުކުރާ ގޮތަކީ، ލޮލަށް އަޅަން ތައްޔާރުކޮށްފައި ހުންނަ ވިޓަމިން ބީ2 (ރައިބޯފްލޭވިން) ހާމަދުއްޔަށް އަޅައި، އެކަށީގެންވާ ޑޯޒެއްގެ ޔޫވީ-އޭ ލައިޓް ބޭނުންކޮށްގެން ރައިބޯފްލޭވިން އެކްޓިވޭޓްކުރަނީއެވެ. އެ ފަރުވާގެ ސަބަބުން ހާމަދުލީގެ ކޮލާޖެންފައިބާތައް ވަރުގަދަކޮށްދީ، އެއަށް ބަދަލުތައް އައުމާއި ބަލީގެ ހާލަތު ގޯސްވުން ހުއްޓުވައިދެއެވެ. އައިކެއަރ ގެ ސިއްހީ ޚިދުމަތްތެރިން-- ފޮޓޯ: އައިކެއަރ އައިކެއަރ ހޮސްޕިޓަލުން މިދިޔަ މާރިޗް މަހު ސީ3އާރް ސާޖަރީ ހަދަން ފެށިފަހުން، ކާމިޔާބުކަމާއެކު 30އަށް ވުރެ ގިނަ މީހުންގެ ސާޖަރީ ހަދައިފައިވެއެވެ. މި ހޮސްޕިޓަލުގައި ސީ3އާރް ސާޖަރީ ހެދުމުގައި އިސްކޮށް ހުންނަވަނީ އޮފްތަމޮލޮޖިސްޓް އަދި ލޮލުގެ ހާމަދުލި (ކޯނިއާ)ގެ ސްޕެޝަލިސްޓެއް ކަމަށްވާ ޑރ. އަދީބުއްދީނެވެ. ލޮލުގެ ފަރުވާގެ ދާއިރާގައި ތަޖުރިބާކާރެއް ކަމަށްވާ ޑރ. އަދީބުއްދީން ވިދާޅުވީ ކެރަޓޮކޯނަސްއަކީ ޒުވާނުން ވެސް ކުރިމަތިލާންޖެހި، އެ މީހުންގެ ދިރިއުޅުމަށް ނޭދެވޭ އަސަރު ކުރުވާބައްޔެއް ކަމަށެވެ. "ސީ3އާރް މެދުވެރިކޮށް، ރައްކާތެރިކަމާއެކު ކާމިޔާބު ފަރުވާއެއް ދެވި، ލޮލުގެ ފެނުމާއި ބަލީގެ ހާލަތު ގޯސްވުން ހުއްޓުވައިދެވޭ،" އޭނާ ވިދާޅުވިއެވެ. ފާހަގަކޮށްލެވޭ ގޮތުގައި، އައިކެއަރ ހޮސްޕިޓަލުގައި ސީ3އާރް ސާޖަރީ ފުރަތަމަ ހެދީވެސް ފުރާވަރުގެ ކުއްޖެކެވެ. އެ 17 އަހަރުގެ ކުއްޖާއަކީ ލޮލުގެ ފެނުން ގެއްލެމުންދިޔުމުގެ މައްސަލަތަޖުރިބާ ކުރަމުންދިޔަ ކުއްޖެކެވެ. އައިކެއަރގައި ސީ3އާރް ސާޖަރީ ހެދި ފަހުން އެ ކުއްޖާގެ ލޮލުގެ ފެނުން އިހުނަށް ވުރެ ރަނގަޅުވެ، އަމިއްލަ ދިރިއުޅުމަށް ވެސް ފަސޭހަތަކެއް ލިބިފައިވެއެވެ. އައިކެއަރގެ އަމާޒަކީ ލޮލުގެ، ދުނިޔޭގެ ފެންވަރުގެ ފަރުވާ ރާއްޖެއަށް ވާސިލުކޮށްދިނުން ކަމުގައިވާއިރު، މި ހޮސްޕިޓަލުން ތައާރަފުކުރާ ކޮންމެ ޒަމާނީ ފަރުވާއަކާއެކު އެ އަމާޒުހާސިލުކުރުމާ ދަނީ ގާތަށް ޖެހުމުންނެވެ. ސީ3އާރްއާ އެއްގޮތަށް އައިކެއަރއިން އަންނަނީ އިތުރު އެޑްވާންސް ސާޖިކަލް ޚިދުމަތްތައް ވެސް ފޯރުކޮށްދެމުންނެވެ. އޭގެ ތެރޭގައި،ޕްރީމިއަމް އައިއޯއެލްއާއެކު ހަދާ ފޭކޯ ކެޓެރެކްޓް ސާޖަރީއާއި ވިޓްރިއޯ ރެޓިނަލް ސާޖަރީ ހިމެނެއެވެ. ސީ3އާރް ސާޖަރީއާއި އެހެނިހެން ޚިދުމަތްތަކާ ގުޅޭ މައުލޫމާތު އައިކެއަރގެ ނަންބަރު 332 1026 އަށް ގުޅުމުން ލިބޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ