ރިލޭ އިވެންޓުގައި ރާއްޖެއަށް އިތުރު ގައުމީ ރިކޯޑެއް
ސިންގަޕޫރުގައި މިހާރު ކުރިއަށްދާ 22 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ފެތުންތެރިން ހިމެނޭ ޓީމުން ފެތުމުގެ ގައުމީ ރެކޯޑެއް އާކޮށްފިއެވެ. މުބާރާތުގައި ދިވެހި ޓީމުން ވަނީ ހަތަރެއް ގުނަ ސަތޭކަ މީޓަރު ފްރީސްޓައިލް މިކްސް މެޑްލޭ ރިލޭ އިވެންޓްގައި 04:04:21 އިން ރޭސް ނިންމައިގެން ގައުމީ ރެކޯޑް އައުކޮށްފައެވެ. މިފަހަރުގެ ދުނިޔޭގެ ފެތުމުގެ މުބާރާތުގައި ވާދަކުރަމުން އަންނަ ދިވެހި ޓީމުގައި ހިމެނެނީ: އަމްނާ ތަޒްކިޔާ މިރުޞާދު މިރާލް ޢައިން ލަޠީފް މުޙައްމަދު އާން ޙުސައިން މުޙައްމަދު ރިޙާން ޝިހާމް މި އިވެންޓުގެ ގައުމީ ރެކޯޑު އެންމެފަހުން އައުކޮށްފައިވަނީ 11 ވަނަ އޭޝިއަން އޭޖް ގްރޫޕް އެކުއަޓިކްސް ޗެމްޕިއަންޝިޕްގައި، 04:12:35 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ. އެފަހަރުގެ ގައުމީ ރެކޯޑް އާކުރި ޓީމުގައި ހިމެނުނީ، މުޙައްމަދު އާން ޙުސައިނާއި ޢަލީ އިމްޢާނާއި ޢާއިޝަތު ޢުލްޔާ ޝާއިގާއި ޢާއިޝަތު ޢައިނީ އަބްދުލް ހަމީދެވެ. މިފަހަރުގެ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްގައި ދިވެހި ފެތުންތެރިން ވާދަކުރާ ފެތުމުގެ އިވެންޓްތައް ކުރިއަށްދާނީ މިދިޔަ އާދިއްތަ ދުވަހު ފަށަފައިވާއިރު، މާދަމާގެ ނިޔަލަށް ކުރިއަށްދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ