އަލީ 29 އަހަރުގައި ރިޓަޔާކުރަން ވިސްނަނީ އަލީ 29 އަހަރުގައި ރިޓަޔާކުރަން ވިސްނަނީ

ފްލޮރެންސް، އިޓަލީ (އޮގަސްޓް 3) - އިޓަލީގެ ކޯމޯ އަށް ކުޅެމުން އަންނަ އިނގިރޭސި މިޑްފީލްޑަރު، ޑެލެ އަލީ، އުމުރުން 29 އަހަރުގައި ފުޓްބޯޅަ އިން ރިޓަޔާކުރަން ވިސްނަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޖެނުއަރީ މަހު، 18 މަސް ދުވަހުގެ ކޮންޓްރެކްޓެއްގައި، ކޯމޯ އަށް ސޮއިކުރި އަލީގެ އެއްބަސްވުމުގައި، ދެ ފަރާތުން ރުހޭ ގޮތަށް ކަންކަން ފުރިހަމަވެއްޖެނަަމަ، އިތުރު އެއް އަހަރަށް ކޮންޓްރެކްޓް އާ ކުރަން ވެސް ހިމެނި އެވެ. އެކަމަކު، ކުރިއަށް އޮތް ސީޒަނަށް ކޯމޯގެ ކޯޗު ސެސްކް ފަބްރެގާސް، ޕްރީ ސީޒަނަށް ނެގި ސްކޮޑުގައި، އަލީ ނުހިމަނައި، ފުރަތަމަ ޓީމާ ވަކިން، ފަރިތަކުރަން އަލީ އަށް ވަނީ އަންގައިފަ އެވެ.
މި ކަންކަމަށް ބަލައި، އަލީ ވިސްނަމުން އަންނަނީ ޕްރޮފެޝަނަލް ކެރިއަރު ނިމުމަކަށް ގެނައުމަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ޓޮޓެންހަމް ހޮޓްސްޕާސް އާއި އިންގްލެންޑް ގައުމީ ޓީމަށް ކުރިން ކުުޅުނު އަލީ އަށް ޕްރޮފެޝަނަލް ކެރިއަރު އަލުން ފެށުނީ ދެ އަަހަރެއްހާ ދުވަހުގެ ބްރޭކަކަށް ފަހު އެވެ. މި ވަރުގެ މެދުކެނޑުމަކަށް ފަހު، އައިސް ކޯމޯ ޖޯޒީގައި ކުުޅުނު ފުރަތަމަ މެޗުގެ ނުވަ މިނިޓް ތެރޭ އަލީ އަށް ރަތް ކާޑެއް ދެއްކި އެވެ.
މިދިޔަ މާޗް މަހު، ކުޅުނު މެޗުގެ 81 ވަނަ މިނިޓްގައި ކުޅެން އެރި އަލީ އަށް ރަތް ކާޑު ދެއްކީ، އިތުރު ވަގުތުގެ ތެރޭގަ އެވެ. އެއީ، މިލާނުގެ އިނގިރޭސި މިޑްފީލްޑަރު، ރުބެން ލޮފްޓަސް ޗީކް އަށް ނުރައްކާތެރި ފައުލެއް ކުރުމުންނެވެ. އަލީ އަށް ދެއްކި ރީނދޫ ކާޑު ރަތް ކާޑަކަށް ބަދަލުކުރީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު އެވެ.
ޑިޕްރެޝަނުގެ ޝިކާރަ އަކަށްވެ، ފުޓްބޯޅައާ ދުރުގައި ގިނަ ދުވަސްތަކެއް އަލީ ހުންނަން ޖެހުނެވެ. އިނގިރޭސި ގައުމީ ޓީމަށް 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި މޮޅު ކުޅުމެއް ދެއްކި އަލީ، ކޯމޯ އަށް ކުޅުމުގެ ކުރިން އެންމެ ފަހުން މެޗެއް ކުޅެފައިވަނީ، 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެވެ. އެއީ، އެވަޓަންގެ ކޮންޓްރެކްޓްގައި ހުރެ، ލޯން އެއްބަސްވުމެއްގެ ދަށުން ތުރުކީގެ ބެސިކްޓާސް އަށް ކުޅުނުއިރު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ