އުރީދޫ މޯލްޑިވްސް އާއި އަމާނާ ތަކާފުލް އިންޝުއަރެންސް ގުޅިގެން އުރީދޫ ކަސްޓަމަރުންނަށް ހާއްސަ ހޯމް އެސެޓް އިންޝުއަރަންސް ޕެކޭޖެއް ތައާރަފުކޮށްފި އެވެ.
އެއްވެސް އަގަކާ ނުލައި ފޯރުކޮށްދޭ މި އެކްސްކްލޫސިވް ބަންޑަލް މެދުވެރިކޮށް ކަސްޓަމަރުންގެ ގޭގައި ހުންނަ ތަކެތި ސުޕަނެޓް އިންސްޓޯލްކުރާ ތަނެއްގައި އިންޝުއަރ ކުރެވިގެންދާނެއެވެ.
ހޯމް އެސެޓް އިންޝުއަރަންސް އިން ތިރީގައިވާ ތަކެއްޗަށް ކަވަރޭޖް ފޯރުކޮށްދެއެވެ:
• ފަރުނީޗަރާއި ފިޓިންގްސް
• އިލެކްޓްރޯނިކް ސާމާނު
• ފޭރާމާއި އަމިއްލަ ސާމާނު
• ކުޅިވަރު ސާމާނު
• ޕެޓްސްއާ ގުޅުންހުރި ތަކެތި
އޮގަސްޓް މަހު އަލަށް ސުޕަރނެޓު ނަންގަވާ ފަރާތްތަކުން ސުޕަރނެޓު އެކްޓިވޭޓް ކުރުމުން މި އޮފަރ ނެގުމަށް އެލިޖިބަލް ވާނެއެވެ. ސުޕަރނެޓު އެކްޓިވޭޓް ކުރުމަށްފަހު ކަސްޓަމަރުންނަށް މިޚިދުމަތަށް އެދެވޭނެއެވެ.
އުރީދޫ މޯލްޑިވްސްގައި، އަޅުގަނޑުމެންގެ އަމާޒަކީ، ހަމައެކަނި ހަލުވި ސްޕީޑްގެ އިންޓަނެޓް ފޯރުކޮށްދިނުމެއް ނޫނެވެ. އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް މާނަހުރި އަދި ޢަމަލީ ޙައްލުތަކެއް ފޯރުކޮށްދީ، ދިރިއުޅުން ކުރިއެރުވުމަށް މަސައްކަތްކުރުމެވެ. އަދި އަމާނާ ތަކާފުލް އިންޝުއަރެންސްއާ ގުޅިގެން ސުޕަނެޓާއެކު މި ފޯރުކޮށްދެވޭ ހޯމް އިންޝުއަރަންސާއެކު ގެއާއި މުދާ ހިމާޔަތްކުރެވިފައިވާ ކަމުގެ ހިތުގެ ހަމަޖެހުން ލިބިގެންނެވެ.
އުރީދޫއިން އޮގަސްޓްމަހު ނަގާ ކޮންމެ ސުޕަރނެޓަކަށް ހިލޭ އެސެޓް އިންޝުއަރަންސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ