އުރީދޫން މި މަހު ސުޕަނެޓް ކަނެކްޝަން ނެގުމުން، ހިލޭ އެސެޓް އިންޝުއަރަންސް ލިބޭނެ
އުރީދޫ މޯލްޑިވްސް އާއި އަމާނާ ތަކާފުލް އިންޝުއަރެންސް ގުޅިގެން އުރީދޫ ކަސްޓަމަރުންނަށް ޚާއްސަ ހޯމް އެސެޓް އިންޝުއަރަންސް ޕެކޭޖެއް ތައާރަފުކޮށްފިއެވެ. އުރީދޫން ފަށައިފައިވާ ޕްރޮމޯޝަނުގެ ދަށުން، އެއްވެސް އަގަކާ ނުލައި ފޯރުކޮށްދޭ އެކްސްކްލޫސިވް ބަންޑަލް މެދުވެރިކޮށް ކަސްޓަމަރުންގެ ގޭގައި ހުންނަ ތަކެތި، ސުޕަނެޓް އިންސްޓޯލްކުރާ ތަނެއްގައި އިންޝުއާ ކުރެވޭނެއެވެ. ހޯމް އެސެޓް އިންޝުއަރަންސްއިން ކަވަރޭޖް ފޯރުކޮށްދޭ ތަކެއްޗަކީ: • ފަރުނީޗަރާއި ފިޓިންގްސް • އިލެކްޓްރޯނިކް ސާމާނު • ފޭރާމާއި އަމިއްލަ ސާމާނު • ކުޅިވަރު ސާމާނު • ޕެޓްސްއާ ގުޅުންހުރި ތަކެތި އުރީދޫން ބުނީ، މި މަހު އަލަށް ސުޕަނެޓު ނަގައި ސުޕަނެޓު އެކްޓިވޭޓް ކުރުމުން މި އޮފާއަށް ޝަރުތު ހަމަވާނެ ކަމަށެވެ. ސުޕަނެޓު އެކްޓިވޭޓް ކުރުމަށްފަހު ކަސްޓަމަރުންނަށް އެ ޚިދުމަތަށް އެދެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އުރީދޫ މޯލްޑިވްސްއިން ބުނީ އެ ކުންފުނީގެ އަމާޒަކީ، ހަމައެކަނި ހަލުވި ސްޕީޑްގެ އިންޓަނެޓް ފޯރުކޮށްދިނުމެއް ނޫން ކަމަށެވެ. އެގޮތުން، ކަސްޓަމަރުންނަށް މާނަހުރި އަދި ޢަމަލީ ޙައްލުތަކެއް ފޯރުކޮށްދީ، ދިރިއުޅުން ކުރިއެރުވުމަށް މަސައްކަތްކުރުމަކީ އަމާޒު ކަމަށް އެ ކުންފުނިން ބުންޏެވެ. އަމާނާ ތަކާފުލް އިންޝުއަރެންސްއާ ގުޅިގެން ސުޕަނެޓާއެކު ފޯރުކޮށްދޭ ހޯމް އިންޝުއަރަންސްގެ މަގުސަދަކީ ވެސް، ކަސްޓަމަރުންގެ ގެއާއި މުދާ ހިމާޔަތްކޮށްދިނުން ކަމަށް އުރީދޫން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ