ޙާފިޒުންގެ އެލަވަންސް ބޮޑުކޮށްފި ޖާގަ އިތުރުކޮށް، އޮޅުހިޔާއަށް އިތުރު ބުޅާތައް ނެގުމުގެ މަސައްކަތް ފަށައިފި “އޮފީސްތަކުގެ ޑްރާމާ މުބާރާތް 1446” ގައި “އާއިލާ” ޑްރާމާއަށް 11 އެވޯޑު! ކްލައިމެޓް އެކްޝަންގައި ޒުވާނުންގެ އިސްނެގުން މުހިންމު- ސްޓޭޓް މިނިސްޓަރ މި

އުރީދޫ މޯލްޑިވްސް އާއި އަމާނާ ތަކާފުލް އިންޝުއަރެންސް ގުޅިގެން އުރީދޫގެ ކަސްޓަމަރުންނަށް ހާއްސަ ހޯމް އެސެޓް އިންޝުއަރަންސް ޕެކޭޖެއް ތައާރަފުކޮށްފިއެވެ.
މި މަހުގެ ނިޔަލަށް ހިލޭ ލިބޭ މި ޕެކޭޖުން ކަސްޓަމަރުންގެ ގޭގައި ހުންނަ ތަކެތި ސުޕަނެޓް އިންސްޓޯލް ކުރުމުން އިންޝުއާ ކުރެވޭނެ އެވެ. ހޯމް އެސެޓް އިންޝުއަރަންސްގެ ކަވަރޭޖް ލިބޭނީ ފަރުނީޗަރާއި ފިޓިންސް، އިލެކްޓްރޯނިކް ސާމާނާއި ފޭރާމާއި އަމިއްލަ ސާމާނާއި ކުޅިވަރު އިކުއިޕްމަންޓާއި ޕެޓްސްއާ ގުޅުން ހުރި ތަކެއްޗަށެވެ.
އުރީދޫން ބުނީ، މި މަހު އަލަށް ސުޕަނެޓު ނަގައި ސުޕަނެޓު އެކްޓިވޭޓް ކުރުމުން މި އޮފާއަށް ޝަރުތު ހަމަވާނެ ކަމަށެވެ. ސުޕަނެޓު އެކްޓިވޭޓް ކުރުމަށްފަހު ކަސްޓަމަރުންނަށް އެ ޚިދުމަތަށް އެދެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އުރީދޫ މޯލްޑިވްސްއިން ބުނީ އެ ކުންފުނީގެ އަމާޒަކީ، ހަމައެކަނި ހަލުވި ސްޕީޑްގެ އިންޓަނެޓް ފޯރުކޮށްދިނުމެއް ނޫން ކަމަށެވެ. އެގޮތުން، ކަސްޓަމަރުންނަށް މާނަހުރި އަދި ޢަމަލީ ޙައްލުތަކެއް ފޯރުކޮށްދީ، ދިރިއުޅުން ކުރިއެރުވުމަށް މަސައްކަތްކުރުމަކީ އަމާޒު ކަމަށް އެ ކުންފުނިން ބުންޏެވެ.
އަމާނާ ތަކާފުލް އިންޝުއަރެންސްއާ ގުޅިގެން ސުޕަނެޓާއެކު ފޯރުކޮށްދޭ ހޯމް އިންޝުއަރަންސްގެ މަގުސަދަކީ ވެސް، ކަސްޓަމަރުންގެ ގެއާއި މުދާ ހިމާޔަތްކޮށްދިނުން ކަމަށް އުރީދޫން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ