ބަޣާވާތުގައި މައުމޫނު ބައިރިވެރިވި ކަމަށް ބުނާ ވާހަކަ އަނބުރާ ގެންދަން ތައްޔާރު: އެމްޑީޕީ

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް "ބަޣާވާތު" ގައި ބައިވެރިވި ކަމަށް ތުހުމަތުކުރާތީ ޕާޓީތަކުގެ މަޝްވަރާތަކުގައި އެ މަނިކުފާނު ބައިވެރިވެވަޑައި ނުގަންނަވާނެ ކަމަށާއި، ބަޣާވާތުގައި މައުމޫން ބައިވެރިވި ކަމަށް ބުނާ ވާހަކަ މަޝްވަރާތައް ކުރިއަށް ގެންދިއުމަށްޓަކައި އަނބުރާ ގެންދަން ތައްޔާރު ކަމަށް އެމްޑީޕީގެ ތަރުޖަމާނު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެ އެވެ. އެމްޑީޕީ ބޭއްވި ނިއުސް ކޮންފަރެންސެއްގައި އިމްތިޔާޒު ވިދާޅުވީ އެ ޕާޓީން ސިޔާސީ ޕާޓީތަކުގެ މަޝްވަރާ އަށް ތާއީދުކުރާ ކަމަށެވެ. އަދި އެކަމަށް ތާއިދު ކުރަނީ ބަޣާވާތަކުން ވެރިކަން ބަދަލުކޮށްލާފައި ވާތީ ޑިމޮކްރެޓިކް ވެރިކަމެއް ގާއިމުކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ. އިމްތިޔާޒު ވިދާޅުވީ މައުމޫނު ބަޣާވާތުގައި ބައިވެރިވި ކަމަށް ކުރީގެ ރައީސް ނަޝީދު ތުހުމަތު ކުރައްވާފައި ވަނީ، ވެރިކަން ބަދަލުކޮށްލުމުގެ އެންމެ އިސްރޯލެއް ކުޅުއްވީ މައުމޫނު ކަމަށް ޕީޕީއެމްގެ އިސް ބޭފުޅުންނާއި މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވާތީ ކަމަށެވެ. "އަޅުގަނޑުމެން، އޯލް ޕާޓީ ޓޯކްސް އިން ޖާގަ ދޭން ވަރަށް ބޮޑަށް ބޭނުންވޭ. އެހެންވީމާ ރައީސް މައުމޫން އެކަމުގައި ބައިވެރިވެވަޑައިގަތުމަށްޓަކަ އާއި އިންކުއަރީ ކޮމިޝަންގެ ތަހްގީގު ހިންގަމުންދާތީވެ އާއި އިންކުއަރީ ކޮމިޝަނުން ވަކި ގޮތެއް ނިމެންދެން ނަމަވެސް މީގެ ކުރީގައި ރައީސް ނަޝީދު އެގޮތަށް ވިދާޅުވި ވިދާޅުވުން އެ ބަސްފުޅު އަނބުރާ ގެންނަވާފައި ވެސް އޯލްޕާޓީ ޓޯކްސްގެ ކަންތަކާއިގެން ކުރިއަށްދާން އަޅުގަނޑުމެން ބޭނުންވޭ، ރައީސް ނަޝީދު ވެސް އެގޮތަށް ބޭނުންފުޅުވޭ،" އިމްތިޔާޒު ވިދާޅުވި އެވެ. ޕޮލިޓިކަލް ޕާޓީ ޓޯކްސް މޮޑަރޭޓާސް ސެކްރެޓޭރިއޭޓުން ނެރުނު ބަޔާނެއްގައި މުޖުތަބާ ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް މިހާތަނަށް ގޮސްފައިވާ ގޮތާ މެދު ފުންކޮށް ބަލާލުމުން އާ ވިސްނުމަކަށް ދާން ޖެހޭކަން އެނގިވަޑައިގެންފި ކަމަށެވެ. ރައީސް ވަހީދާއި ބޮޑެތި ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ މިދިޔަ ދުވަސްތަކުގައި ވަކިވަކިން ބައްދަލު ކުރައްވައި، ޕާޓީތަކުގެ މަޝްވަރާތައް ކުރިއަށް ގެންދެވޭނެ ގޮތަކާ މެދު ވާހަކަ ދައްކަވާފައިވާ ކަމަށް އިމްތިޔާޒު ވިދާޅުވި އެވެ. އެހެންވެ ރައީސް ވަހީދާއި ބޮޑެތި ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ މިދިޔަ ދުވަސްތަކުގައި ވަކިވަކިން ބައްދަލު ކުރައްވައި، ޕާޓީތަކުގެ މަޝްވަރާތައް ކުރިއަށް ގެންދެވޭނެ ގޮތަކާ މެދު ވާހަކަ ދައްކަވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ ގައުމުގައި ހުރި ގޮންޖެހުންތަކަށް ހައްލެއް ގެނެވޭނީ ވާހަކަ ދައްކައިގެންކަން، އެ ބޭފުޅުން ވަރަށް ބޮޑަށް ގަބޫލު ކުރައްވާ ކަމަށް މި ވާހަކަތަކުގައި ހާމަކުރެއްވި އެވެ. ވަރަށް ފުންކޮށް މޫލާފައި ހުރި ބައިބައިވުންތަކާއި މައްސަލަތައް ހުރިކަމާއި މި ކަންކަމަށް ހައްލެއް ގެނެސް، ދިވެހިރާއްޖޭގެ ޑިމޮކްރެސީގެ މަގުގައި ކުރިއަށް ދެވޭނީ އެކުގައި މަސައްކަތް ކޮށްގެން ކަމަށް އެ ބޭފުޅުން ގަބޫލު ކުރައްވަ އެވެ. މި ބައްދަލުވުންތަކުގައި، ރައީސުލްޖުމްހޫރިއްޔާ އާއި ބޮޑެތި ޕާޓީތަކުގެ ލީޑަރުންގެ މެދުގައި ބައްދަލުވުމެއް ބޭއްވޭނެ ގޮތަކާ މެދު ތަފުސީލުކޮށް ވަނީ މަޝްވަރާ ކުރެވިފަ އެވެ،" މުޖުތަބާގެ ބަޔާނުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ