އެމްޓީސީސީން ސުޒުކީ އިންޖީނުގެ ޕްރޮމޯޝަނެއް ފަށައިފި
އެމްޓީސީސީން ރޯދަ މަހަށް ހާއްސަކޮށްގެން ސުޒުކީ އައުޓް ބޯޑް އިންޖީނު އަގު ހެޔޮކޮށް ލިބޭ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ. "ސުޒުކީ ރޯދަ ޕްރޮމޯޝަން" ގެ މައުލޫމާތު ދެއްވަމުން އެމްޓީސީސީގެ ޓްރޭޑް ޑިޕާޓްމަންޓުގެ އެގްޒެކެޓިވް އިސްމާއިލް ފާރިގު ވިދާޅުވީ އަންނަ މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި 13 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށެވެ. އަދި އިނާމަކަށް 9.9 ގެ ސުޒުކީ އައުޓު ބޯޑު އިންޖީނެއް ލިބޭނެ ކަމަށެވެ. "މި ޕްރޮމޯޝަންގައި އެކި އިންޖީނުގެ އަގުތައް އުޅެނީ އެކި ވަރަށް. ޕްރޮމޯޝަންގައި އަގު ހެޔޮކޮށް ވިއްކަނީ ހަމައެކަނި ސުޒުކީ އައުޓް ބޯޑް އިންޖީނުގެ އެކަނި،" ފާރިގު ވިދާޅުވި އެވެ. އެމްޓީސީސީ ސުޒުކީ ޕްރޮމޯޝަންގެ މައުލޫމާތު ފާރިގު ދެއްވަނީ.--ހަވީރު ފޮޓޯ: މުހައްމަދު ޝަރުހާން އޭނާ ވިދާޅުވީ މި ޕްރޮމޯޝަންގައި 2.5 ހޯސް ޕަވަރުން ފެށިގެން 250 ހޯސް ޕަވަރާ ހަމައަށް އިންޖީނުގެ އަގުތައް ހެޔޮކޮށްފައިވާ ކަމަށެވެ. "ސުޒުކީ އިންޖީނަކީ އައުޓް ބޯޑް އިންޖީނުތަކުގެ ތެރެއިން އެންމެ ތެޔޮ ހަރަދު ކުޑަ އެއް އިންޖީނު،" ފާރިގު ވިދާޅުވި އެވެ. އެމްޓީސީސީ ކަޝަވަރު ޝޯވް ރޯމް.--ހަވީރު ފޮޓޯ: މުހައްމަދު ޝަރުހާން އެމްޓީސީސީން ވަނީ ސުޒުކީ އައުޓް ބޯޑް 300 ހޯސް ޕަވަރުގެ އިންޖީނެއް ވެސް މި އަހަރު ރާއްޖެ އަށް ތައާރަފުކޮށްފަ އެވެ. އެ ކުންފުނިން ބުނީ މިހާރު އެ އިންޖީނުގެ ޓެސްޓް ކުރަމުން ގެންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ