އުއްތަމަ ފަނޑިޔާރުކަމަށް އަބްދުﷲ ސައީދު އައްޔަންކޮށްފި

ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމާ އެކު އުއްތަމަ ފަނޑިޔާރު ކަމަށް އަބްދުﷲ ސައީދު، ރައީސް އަބްދުﷲ ޔާމީން މިރޭ އައްޔަންކުރަންވައިފި އެވެ. ރައީސް އޮފީހުން ބުނިގޮތުގައި އެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އާ އުއްތަމަ ފަނޑިޔާރު ވަނީ މަގާމުގެ ހުވާކުރައްވާފަ އެވެ. އެ މަނިކުފާނަށް ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދެވެ. އުއްތަމަ ފަނޑިޔާރު ކަމަށް އައްޔަންކުރެއްވި ކަމުގެ ލިޔުން އަބްދުﷲ ސައީދާ (ވ) ހަވާލުކުރެއްވުމަށް ފަހު ރައީސް ޔާމީން އެ މަނިކުފާނާ ވާހަކަފުޅު ދައްކަވަނީ.--ފޮޓޯ: ރައީސް އޮފީސް އެއަށް ފަހު އަބްދުﷲ ސައީދު އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަން ކުރެއްވިކަމުގެ ލިޔުން ރައީސް ޔާމީން ވަނީ އެ މަނިކުފާނާ ހަވާލުކުރައްވާފަ އެވެ. ރައްޔިތުންގެ މަޖިލީހުން ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިނާއި ފަނޑިޔާރު މުއުތަސިމް އަދުނާން ސުޕްރީމް ކޯޓުގެ ބެންޗުން މިއަދު ވަކިކޮށްފައިވާ އިރު މިހާރު އެ ބެންޗުގައި ތިއްބެވީ ފަނޑިޔާރު އަބްދުﷲ ސައީދުގެ އިތުރުން ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އަލީ ހަމީދާއި ފަނޑިޔާރު އާދަމް މުހައްމަދާއި ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ