ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވާ ދުވަހު އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުން އަމަލު ކުރާނެ ގޮތެއް ނިންމާނީ މާޗް މަހުގެ ތިންވަނަ ދުވަހު ކަމަށް ޕާލިމެންޓްރީ ގުރޫޕުން ބުނެފިއެވެ.
ސީއެންއެމަށް މައުލޫމާތު ދެއްވަމުން ޕީޖީގެ ނައިބު ލީޑަރު އަލީ ވަހީދު ވިދާޅުވީ އަދި ވަކިގޮތެއް ނިންމާފައި ނުވާނެ ކަމަށާއި އެމްޑީޕީ ޕީޖީން އަމަލު ކުރާނެ ގޮތެއް އަންނަ މަހުގެ ތިންވަނަ ދުވަހު ނިންމާނެ ކަމަށެވެ.
އެމްޑީޕީ ޕީޖީ ގުރޫޕުން ރަސްމީކޮށް ވަކި ގޮތެއް ނިންމާފައި ނުވި ނަމަވެސް އެމްޑީޕީން ސުނާމީ ބިނާ ސަރަހައްދުގައި ބޭއްވި ބައްދަލުވުމެއްގައި އަލީ ވަހީދުވަނީ މަޖިލިސް ހުޅުވާ ދުވަހު ރައީސް ވަހީދަށް ހުރަސް އަޅާނެ ކަމަށް ވިދާޅުވެފައެވެ.
އަންނަ މަހުގެ ހަތަރުވަނަ ދުވަހު މަޖިލިސް ހުޅުވުން އޮންނާނެކަން މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދުވަނީ ރައީސުލްޖުމްހޫރިއްޔާއާއި މަޖިލީހުގެ މެމްބަރުންނަށް އަންގާފައެވެ. މަޖިލިސް ހުޅުވުމަށް ރައީސް ވަޑައިގެންނެވުމުން އެމްޑީޕީ ޕީޖީންވަނީ މިދިޔަ އަހަރު ވެސް ހުރަސްއަޅާފައެވެ.
މަޖިލިސް ހުޅުވާ ދުވަހު އަމަލު ކުރާނެ ގޮތެއް ނިންމާނީ ތިންވަނަ ދުވަހު: އަލީ ވަހީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ