ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ޓީމުން ހައިކޯޓަށް ހުށަހެޅި އިޖުރާއީ މައްސަލަތައް ސްޕްރީމު ކޯޓަށް ހުށަހަޅަން ދިއުމުން އެކޯޓުން ބަލައި ނުގަތް ކަމަށް ބުނެފިއެވެ.
އެމްޑީޕީގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ގާނޫނީ ވަކީލު ހަސަން ލަތީފު ވިދާޅުވީ އެމައްސަލަ އިލްތިމާސް ކުރުމަށް ގާނޫނީ ޓީމުން ދިއުމުން ފޯމުތައް ހުށަހެޅުމަށް ދަތިތަކަކާ ކުރިމަތިވި ކަމަށެވެ.
އެގޮތުން ރައީސް ނަޝީދު އެމައްސަލާގައި ގާނޫނީ ވަކީލުން އައްޔަން ކުރި ސިޓީއާއި ވަކީލުން އެކަން ގަބޫލު ކުރި ކަމުގެ ހަތް ކޮޕީ ހުށަހަޅާފައި ނުވާތީ މައްސަލަ ބަލައި ނުގަތް ކަމަށެވެ. ނަމަވެސް އެމަސައްކަތަކީ ހަތް ފަނޑިޔާރުންނަށް ކޮޕީ ހުށަހަޅަން ޖެހޭ މަސައްކަތެއް ނޫން ކަމަށާއި މީގެ ކުރިން ވެސް އެގޮތަށް އަމަލުކޮށްފައި ނުވާ ކަމަށް ހަސަން ލަތީފު ވިދާޅުވިއެވެ.
އަދި ގިނަ ވަގުތުތަކެއް ވަންދެން ކޯޓުގައި ތިބުމަށްފަހު އެންމެ ފަހު ވަގުތު މައްސަލަ ބަލައިގަންނަން ބޭނުން ނުވި ކަމަށާއި ކޯޓުން ބޭނުންވި ކޮޕީތައް ހުށަހަޅަން ވަގުތު އިތުރުކޮށް ނުދިން ކަމަށް ވެސް ހަސަން ލަތީފު ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ގާނޫނީ ޓީމުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ ނުކުތާތަކައި ގުޅިގެން ކްރިމިނަލް ކޯޓުން އަމަލުކޮށްފައިވަނީ ރަނގަޅަށް ކަމަށް މިމަހުގެ ހަތަރުވަނަ ދުވަހު ހައިކޯޓުންވަނީ ހުކުމްކޮށްފައެވެ.
އިޖުރާއީ މައްސަލަތައް ސްޕްރީމު ކޯޓުން ބަލައި ނުގަތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ