"އޭޑީކޭ ހަސަންބެ" ނަމަކަށް ކިޔާ ބޯޓަކަށް ބަރުކޮށްފައިވާ ތެލުގެ މައްސަލާގައި ކޯޓަށް ވައްދާފައިވާ މައްސަލަޔަކާއި ގުޅިގެން ސިވިލް ކޯޓުން އެބޯޓް މާލޭ ބަނދަރުގައި ހިފަހައްޓައިފިއެވެ.
ބޯޓް ހިފެހެއްޓުމަށް ސިވިލްކޯޓުން ނެރެފައިވަ ވަގުތީ އަމުރުގައި ބުނެފައިވަނީ އޭއެސްޑޭން ބަންކަރިންގ ލިމިޓެޑާއި އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންގ ޕްރައިވެޓް ލިމިޓެޑާއި ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން "އޭޑީކޭ ހަސަންބެ" ނަމަކަށްކިޔާ ބޯޓަށް ސަޕްލައިކޮށްފައިވާ ތެލަށްވައި ފައިސާ ނުލިބުމާއި ގުޅޭގޮތުން އެކޯޓަށް މައްސަލައެއް ހުށައެޅިފައިވާކަމަށެވެ.
އަދި މައްސަލަ ވަކިގޮތަކަށް ނިމުމުގެ ކުރިން ބޯޓް ރާއްޖެއިން ފުރައިގެން ހިނގައްޖެނަމަ ދައުވާގައި އެދިފައިވާކަންކަމަށް އިޔާދަ ނުކުރެވޭވަރުގެ ކަމެއް މެދުވެރިވެދާނެކަމަށް ކޯޓަށް ގަބޫލު ކުރެވޭކަމަށެވެ.
އަދި މިބޯޓް ރާއްޖެއިން ފުރައިގެން ދިއުން ޝަރީޢަތުން މަނާކުރަން ޖެހޭކަމަށް ގަބޫލު ކުރެވޭކަމަށާއި ހުށައެޅިފައިވާ މައްސަލަޔަށް ގޮތެއް ނިމެންދެން "އޭޑީކޭ ހަސަންބެ" ނަމަކަށްކިޔާ ބޯޓް ފުރުން މަނާކޮށް ހިފެހެއްޓުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއަށާއި މޯލްޑިވްސް ކަސްޓަމްސް ސާރވިސްއަށް އަންގާ އަމުރުކުރާކަމަށް ސިވިލްކޯޓުން ނެރުނު ވަގުތީ އަމުރުގައި ބުނެފައިވެއެވެ.
އޭޑީކޭ ހަސަންބެ ހިފަހައްޓަން ސިވިލް ކޯޓުން އަމުރެއް ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ