ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާ އަބުދުﷲ ޔާމީނަށް ޕީޕިއެމްގެ ލީޑަރު ރައީސް މައުމޫނު އަބުދުލް ގައްޔޫމުގެ ބޭފުޅުން ތާއިދު ކުރެއްވުމަކީ އާ ކަމެއް ނޫން ކަމަށާއި އެއީ ޔާމީނަށް ވޯޓު ދޭން ޖެހޭ ސަބަބެއް ކަމަށް ވެސް ގަބޫލު ނުކުރާ ކަމަށް އުމަރުގެ ޓީމުން ބުނެފިއެވެ.
ސީއެންއެމަށް މައުލޫމާތު ދެއްވަމުން އުމަރު ޓީމުގެ ތަރުޖަމާނު އަބުދުﷲ ޝިނާނު ވިދާޅުވީ ރައީސް މައުމޫނު ވަކި ކޮޅެއް ނަންގަވާ ކަމަށް ދޭހަވާ ގޮތަށް ޔާމީންގެ ކެމްޕޭން ޖަލްސާގައި ރޭ ވާހަކަ ދައްކާފައިވާތީ ހިތާމަ ކުރާ ކަމަށެވެ. އަދި ރައީސް މައުމޫނު ވަކިކޮޅަކަށް ބުރަވެވަޑައިނުގަންނަވާނެ ކަމަށާއި އެކަމުގެ ޔަގީންކަން އެމަނިކުފާނު އަރުވާފައިވާ ކަމަށެވެ.
ޣިޔާސުއްދީން ސުކޫލުގައި ރޭބޭއްވި ޖަލްސާގައި ރައީސް މައުމޫނުގެ ހަތަރުބޭފުޅުން ވެސްވަނީ ޔާމީނަށް ތާއިދު ކުރައްވާކަން ހާމަ ކުރައްވާފައެވެ. ރޭގެ ޖަލްސާއަށް މައުމޫނުގެ ހަތަރުބޭފުޅުން ވަޑައިގެންނެވުމާއި ގުޅިގެން ޖަލްސާގައި ވާހަކަ ދެއްކި ބައެއް ފަރާތްތަކުންވަނީ އެއީ ޔާމީނަށް ވޯޓުދޭން ޖެހޭ ސަބަބެއް ކަމަށް ވިދާޅުވެފައެވެ.
ރައީސް މައުމޫނުގެ ބޭފުޅުން ޔާމީނަށް ތާއިދު ކުރައްވަމުން ގެންދަވާ އިރު ރައީސް މައުމޫނުގެ އަނބިކަނބަލުން ނަސްރީނާގެ އާއިލާގެ ބޭފުޅުންދަނީ އުމަރަށް ތާއިދު ކުރައްވަމުންނެވެ. މީގެ އިތުރުން އުމަރުގެ ރަނިން މޭޓަކަށް އިލްޔާސް އިބުރާހީމު އައްޔަން ކުރަން ހަމަޖެހިފައިވާ ކަމުގެ ވާހަކަތަކެއް ވެސްވަނީ ފެތުރިފައެވެ.
ރައީސް މައުމޫނުގެ ބޭފުޅުން ޔާމީނަށް ތާއިދު ކުރެއްވުމަކީ ވޯޓުދޭން ޖެހޭ ސަބަބެއް ނޫން: ޓީމު އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ