މިދިޔަ އަހަރުގެ އެޕްރީލު މަހުގެ ތެރޭގައި ވެސްޓު ޕާކު ކުރިމަތީގައި ތޫނު އެއްޗެހި ތަކަކުން ހަމަލާ ދިނުމުގެ ސަބަބުން މަރުވި އަލީ ޝިފާންގެ މަރާއި ގުޅިގެން ދައުލަތުން ދައުވާ އުފުލާފައިވާ ހަމީހުންގެ މައްޗަށް ވެސް ކުށް ސާބިތެއް ނުވިއެވެ.
އެމައްސަލާގައި ގަސްތުގައި މީހަކު މަރާލި ކަމުގެ ދައުވާ ދައުލަތުން އުފުލާފައިވަނީ މ.ދިންމަނަ އަބުދުﷲ ތިލްމީޒާއި، ޅ.ކުރެންދޫ މާފަހި މުހައްމަދު އާސިފާއި،މާލޭ ދަފްތަރު މުހައްމަދު ޝައިފަންއާއި މ.ނަލަހިޔާ މަންޒިލު އަލީ ނަބީހާއި ބ.ތުޅާދޫ ކާނިމާގޭ ރައްޒާން އަބުދުއްރަހުމާނާއި، މ.ސިލްވަނެސްޓް މުހައްމަދު މިޝާން އަބުދުލްހާދީގެ މައްޗަށެވެ. އެމީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ނިންމާފައިވަނީ ތަހުގީގުގެ މަރުހަލާއާއި ޝަރީއަތުގެ މަރުހަލާގައި ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކި ބަސް ތަފާތުވުމުންނެވެ.
ކޯޓުން މިއަދު އިއްވި ހުކުމުގައި ބުނެފައިވަނީ ތަހުގީގު މަރުހަލާއާއި ޝަރީއަތުގެ މަރުހަލާގައި ހެކިން ދީފައިވާ ބަހުގައި ބޮޑެތި ތަފާތުތަކެއް އެބަހުރި ކަމަށެވެ. އެހެން ކަމުން ޝުބްހަ އެކުލެވޭ ހެކިބަސްތަކެއްގެ މައްޗަށް ބަލާ ބައެއްގެ މައްޗަށް މަރުގެ ހުކުމް ނުއިއްވޭނެ ކަމަށް މިހުކުމުގައި ބުނެފައިވެއެވެ.
އަލީ ޝިފާން މަރާލި މައްސަލާގައި ކުރި ދައުވާ ސާބިތެއް ނުވި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ