މޯލްޑިވްސް މެރިން އެކްސްޕޯގައި ހޮވި އެންމެ ފުރިހަމަ އުފެއްދުމަކަށް އަލްޝާލީ މެރިން މޯލްޑިވްސްގެ "ފިޝް ލޯންޗް" ހޮވައިފި އެވެ.
ރާއްޖޭގެ ގައުމީ ބޯޓިން ކުންފުނި، ނޭޝަނަލް ބޯޓިން އެސޯސިއޭޝަންގެ ރަސްމީ ފެއާ ކަމަށްވާ މޯލްޑިވްސް މެރިން އެކްސްޕޯ އަށް ވަނީ ގިނަ ކުންފުނި ތަކުން އުފެއްދުންތައް ބައިވެރިކޮށްފަ އެވެ. މި އުފެއްދުންތަކުގެ ތެރެއިން ވަނީ އެންމެ މޮޅު އުފެއްދުންތަކާއި ހިދުމަތްތައް ހޮވާފަ އެވެ.
މި އަހަރުގެ މެރިން އެކްސްޕޯގެ އެންމެ މޮޅު އުފެއްދުމަކަށް ހޮވާފައިވަނީ އަލްޝާލީ މެރިން މޯލްޑިވްސް އިން މި ފެއާގައި ދައްކާލަން ބެހެއްޓި ފިޝް ލޯންޗެވެ. މެރިން އެކްސްޕޯ ނިންމަން ދަރުބާރުގޭގައި ރޭ ބޭއްވި ހަފުލާގައި މި އެވޯޑާ ހަވާލުވީ އަލްޝާލީ މެރިންގެ އޮޕަރޭޝަންސް މެނޭޖަރު އިސްމާއީލް ޝަރީފެވެ.
"އެކްޝަން 24" ގެ ނަން ދީފައިވާ މި ލޯންޗަކީ އާއިލާ އެއްކޮށް މަސް ދަތުރު ގޮސްލެވޭ ގޮތަށް ފައްކާ ކޮށްފައިވާ އުޅަނދެކެވެ.
ފަހަތުގައި ދޮށި ހަރުކޮށްފައިވާ، ހިތްގައިމު މި ލޯންޗު ކުޑަ ނަމަވެސް، މީގައި ފާހާނާއެއް ހުރެ އެވެ. އެހެންވެ މިއީ އާއިލާ އެއްކޮށް ދަތުރު ގޮސް އުޅެލާއިރު އިތުރު ފަސޭހައަކަށް ވާނެ އެވެ. ދުއްވަން އިންނަ މީހާއާ ދިމާ ހިޔާކޮށްފައިވާ މި ލޯންޗުގެ އަގަކީ އިންޖީނާއި ފުލް އިކްއިޕްމަންންޓާއެކު ގާތްގަނޑަކަށް ނުވަ ލައްކަ ރުފިޔާ އެވެ.
ފުރިހަމަ އުފެއްދުމަކަށް ހޮވީ "އެކްޝަން 24"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ