ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެ ވައިޓް އެލާޓް ނެރެފި

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފިއެވެ. މިގޮތުން މޫސުމާއި ބެހޭ ޤައުމީ އިދާރާ އިން ބުނީ ބ.އަތޮޅުން ފެށިގެން މ.އަތޮޅަށް ވައިޓް އެލާޓް ނެރެފައިވާކަމަށާއި އެސަރަހައްދުތަކުން ކަނޑުދަތުރުކުރައްވާ ފަރާތްތަކުން ޚާއްސަ ސަމާލުކަމެއް ދިނުމަށްވެސް އެ އިދާރާއިން ވަނީ އެދިފައެވެ.
މެޓް އޮފީހުން ބުނީ ބ.އަތޮޅުން ފެށިގެން މ.އަތޮޅާއި ހަމަޔަށް މިރޭ 06:15 އިން 11:15 އަށް ވައިޓް އެލާޓް ނެރެފައިވާކަމަށެވެ. އަދި މި ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި މިސަރަހައްދުތަކަށް ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެއެވެ.
Advertisement
މެޓް އޮފީހުން އިތުރަށް ބުނީ ކުރިއަށް އޮތް 24 ގަޑިއިރުތެރޭގައި ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކިހިސާބަށް ގުގުރުމާއެކު ވިއްސާރަކުރާނެކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރެވެހޭނެ ކަމަށާއި އުތުރުގެ އެކިހިސާބަށް ގުގުރުމާކު ކެރީގެ އަސަރު ފޯރުން އެކަށީގެންވާކަމަށް މެޓް އޮފީހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ