ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ތ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ވައިޓް އެލާޓް ނެރެފި އެވެ. 
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން އެ ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 10:45 އިން މެންދުރު ފަހު 15:00 އަށެވެ.
މޫސުމާ ބެހޭ އިދާރާއިން ބުނާ ގޮތުގައި ވައި ޖެހޭނީ ދެކުނުގެ އަތޮޅުތަކަށް އުތުރާއި އިރުއުތުރުން ގަޑިއަކު 03 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. އަދި އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން، ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އެވެ. 
މެޓުން ބުނީ ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވި ނަމަވެސް އެހެން ހިސާބުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށެވެ. އެހެންވެ މެޓުން ވަނީ އުތުރާއި މެދުތެރޭގައި ކަނޑުދަތުރު ކުރާ މީހުން މޫސުމަށް ސަމާލު ވުމަށް އެދިފަ އެވެ.
    
    ބޯކޮށް ވާރޭވެހޭނެތީ ހަތަރު އަތޮޅަކަށް ވައިޓް އެލާޓް ނެރެފި
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ