މިއަހަރުގެ ޕްރެޒިޑެންޓްސް ކަޕުގެ ތަށި އުފުލާލައި، 21 ވަނަ ފަހަރަށް ތަށި ކާމިޔާބު ކުރުމަށް މިރޭ ނިއުއާ ދެކޮޅަށް ޓީމް ނުކުންނާނީ ކުރެވެން ހުރި ހުރިހާ މަސައްކަތެއްކޮށް އެއަޒުމް ހާސިލް ކުރަން ކަމަށް ވިކްޓަރީގެ މެނޭޖަރު އަހުމަދު އަޔާޒު (އަޔާ) ބުނެފި އެވެ.
ވިކްޓަރީ މިރޭ ނިއުއާ ދެކޮޅަށް ނުކުންނައިރު، މިދެތީމަކީ ވެސް މިމުބާރާތުގެ އެންމެ ކާމިޔާބު ދެ ޓީމެވެ. އެގޮތުން މިރޭގެ މެޗަށް ނުކުތުމުގެ ކުރީން މެނޭޖަރު އަޔާބުނީ، މުޅި މިސީޒަނަށް ބަލާލިކަމުގައި ވިޔަސް، މިރޭގެ ފައިނަލް މެޗަކީ ވިކްޓަރީ މިސީޒަނުގައި ކުޅޭނެ އެންމެ ފޯރިގަދަ އެއްމެޗު ކަމަށެވެ. އަދި ސީޒަންގެ ކުރީ ކޮޅު ނިއުއާ ދެކޮޅަށް ކުޅެ ވިކްޓަރީ ނެރުނު ނަތީޖާތަކަކީ މިރޭގެ މެޗަށް މާ މުހިންމު ނަތީޖާތަކެއް ނޫން ކަމަށާއި މިރޭގެ މެޗަކީ މުޅިންވެސް އާ މެޗެއް ކަމަށް ސަން އަށް މިއަދު ދިން އިންޓަވިއުގައި އަޔާ ސިފަކުރިއެވެ.
"ވިކްޓަރީ އޮތީ ވަރަށް ފިޓުކޮށް. މެޗް ކާމިޔާބު ކުރަން، ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުޅުންތެރިންނާއި މެނޭޖްމަންޓުން މިރޭ ކުރާނެ. ޓީމްގެ އުންމީދަކީ މިމުބާރާތުގެ ތާރީޚް. އަޒުމަކީ މިފަހަރުވެސް ތަށި ކާމިޔާބު ކުރުން" އަޔާ ބުންޏެވެ.
އޭނާ ބުނީ، ނިއުއާ ދެކޮޅަށް މިރޭގެ ފައިނަލްގައި ވިކްޓަރީ ނުކުނައިރު، މެރޭގެ މެޗަކީ ސީޒަންގެ އެހެން މެޗްތަކަށް ވުރެ ފޯރިގަދަ ވާނެ މެޗެއް ކަމަށާއި އެހެން ކަމުން ވިކްޓަރީގެ ސަޕޯޓަރުން މިރޭގެ މެޗުގައި ވިކްޓަރީއަށް ސަޕޯޓް ކުރުމަށް ޓަކައި ދަނޑަށް އައުމަކީ ޓީމަށް ލީބޭނެ ހިތް ވަރަކަށްވީއިރު، ސަޕޯޓް ކުރުމުގައި ކުޅިވަރުގެ ރޫހާ އެއްގޮތަށް ސަޕޯޓް ކުރުމަށް ނިޔާ ބުންޏެވެ.
މި ދެ ކްލަބު އެންމެ ފަހުން ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލުގައި ވާދަކޮށްފައިވަނީ މީގެ ހަތަރު އަހަރު ކުރިނެވެ. އަދި އެފަހަރުގެ މުބާރާތް ކާމިޔާބު ކުރީ ނިއު އިންނެވެ.
ޕްރެޒިޑެންޓްސް ކަޕް: އެކާވީސް ވަނަ ފަހަރަށް ތަށި ކާމިޔާބު ކުރުމަށް މިރޭ ނިއުއާ ދެކޮޅަށް: ވިކްޓަރީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ