ކަރަންޓުގެ ސަބްސިޑީއަށް އެދޭ ފޯމް ކުރިނބީގައި ދޫކުރަން ފަށައިފި

ކަރަންޓުގެ ސަބްސިޑީއަށް އެދޭ ފޯމް ކުރިނބީގައި ދޫކުރަން ފަށައިފިއެވެ.
ފޯމް ދޫކުރަން ފަށައިފައިވަނީ އިއްޔެ ކުރިނބީ ކައުންސިލް އިދާރާގައެވެ. މިހާތަނަށް އައިރު ޖުމްލަ 39 ފޯމް ދޫކުރެވިފައިވާކަމަށް މިކަމުގައި އިސްކޮން ހަރަކާތްތެރިވެލައްވާ ހަސަން ހުސައިން މިނޫހަށް މައުލޫމާތު ދެއްވިއެވެ.
ސަބްސިޑީއަށް އެދޭ ފޯމް ފުރުމަށްފަހު ހުށައަޅަން ޖެހޭ އެންމެ ފަހުގެ ތާރީހަކީ މިއަހަރުގެ އޭޕްރީލް މަހުގެ 9 ވަނަ ދުވަހެވެ.
ކުރިނބީގައި މިފޯމް އިއްޔެ ދޫކުރަން ފެށިފައި ވީނަމަވެސް ރާއްޖޭގެ ބައެއް އެހެން ރަށްތަކުގައި ފޯމް ދޫކުރަން ފަށައިފައިވަނީ މިމަހުގެ 10 ވަނަ ދުވަހުއެވެ. މިތާރީހަށް ކުރިނބީގައި ފޯމް ދޫކުރަން ނުފެށިވަނީ މިތާރީހުގައި ފޯމްތައް ކުރިނބީ ކައުންސިލަށް ނުލިބިވާތީ ކަމަށް ހަސަން ހުސައިން މައުލޫމާތު ދެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ