ފްރެޒިޑެންޓް ކަޕް: މުބާރާތުގެ ފައިނަލް މެޗް އައްޑޫ ސިޓީގައި ބާއްވާނެ ކަމުގެ ވާހަކަތަކެއް ފެންމަތިވެއްޖެ

އަންނަ މަހުގެ 15 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ފްރެޒިޑެންޓް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗް އައްޑޫ ސިޓީގައި ބާއްވާނެ ކަމުގެ ވާހަކަތަކެއް ފެންމަތިވެއްޖެ އެވެ.
"ސަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުން، މުބާރާތުގެ ފައިނަލް މެޗް އައްޑޫ ސިޓީގެ ބޭވުމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވެސް މަސްވަރާތަކެއް ކުރަމުން އަންނަ އިރު، އަދި އެކަން ވަނީ ޔަޤީން ވާގޮތް ނުވެފަ އެވެ.
މުބާރާތުގެ ފައިނަލް މެޗް އައްޑޫ ސިޓީގައި ބާއްނެކަން ނުވަތަ ނުވަތަ ނޫންކަން ޔަގީން ކުރުމުގެ ގޮތުން މިއަދު "ސަން" އިން އެފްއޭއެމްގެ ރައީސް އަލީ އާޒިމަށް ގުޅާލުމުން ފޯނު ނުނެންގެވުމުން ވަނީ އެކަމާ ބެހޭ މައުލޫމާތު ސާފުވާގޮތް ނުވެފަ އެވެ.
އެހެންނަމަވެސް އެފްއޭއެމްގެ އިސް އޮފިޝަލަކު ބުނީ، މުބާރާތުގެ ފައިނަލް މެޗް އައްޑޫ ސިޓީގައި ބާއްވާނެ ކަމުގެ ވާހަކަތަކެއް އެފްއޭއެމް ތެރޭގައި ދެކެވުނު ކަމަށެވެ. ނަމަވެސް އެއީ މުޅިން ޔަގީން ވާހަކަތަކެއް ކަމެއް އޭނާ ހާމަކޮށްފައެއް ނުވެ އެވެ.
ފްރެޒިޑެންޓް ކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރަނީ ނިމިގެން ދިޔަ ދިރާގް ދިވެހިލީގުގެ އެންމެ ގަދަ ހަތަރު ޓީމެވެ. އެއީ ހުސްވި އަހަރު ވެސް މިމުބާރާތުގެ ޗެމްޕިއަންކަން ހޯދި ވީބީ ސްޕޯޓްސް ކުލަބާއި ވިކްޓަރީ ސްޕޯޓްސް ކުލަބާއި ނިއު ރޭޑިއަންޓް އަދި މާޒިޔާ ސްޕޯޓްސް ކުލަބެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ