ރައީސް ޔާމީން، މައުމޫން އާއި ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުއްޤައްޔޫމް، ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައިއެވެ.
ރައީސް އޮފީހުން ވިދާޅުވީ މިބައްދަލުކުރެއްވުމުގައި، ސަރުކާރުން ކުރިއަށްގެންދަވާ ޤައުމީ ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކާ ބެހޭގޮތުންނާއި، ޤައުމުގެ ސިޔާސީ މަސްރަޙު މިހާރު އޮތްގޮތާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށެވެ.
ރައީސް ޔާމީން އާއި ރައީސް މައުމޫނު ބައްދަލުކުރައްވާފައިވަނީ މިހާރުގެ ސަރުކާރާއި ދެކޮޅަށް އިދިކޮޅު ސިޔާސީ ފަރާތްތަކުން މުޒާހަރާކޮށް ސިޔާސީ މަސްރަހު ހަލަބޮލިވެފައިވާ ދަނޑިވަޅެއްގައިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ