އަލިފާނުގެ ހާދިސާގައި ގެއްލުންވި މީހުންނަށް ސަރުކާރުން ބަދަލުގެ ގޮތުގައި ދެނީ ގެއްލުމުގެ 20 އިންސައްތަ

މިދިޔަ ހަފްތާގެ ހުކުރުދުވަހު މާލޭ ހެންވޭރުގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް ބަދަލުގެ ގޮތުގައި ދައުލަތުން ދޭނީ ގެއްލުމުގެ 20 އިންސައްތަ ކަމަށް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީއިން މިއަދު ބުނެފިއެވެ. އަލިފާނުގެ ހާދިސާގައި އެކަކު ނިޔާވެ 400 އަށް ވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފައެވެ. އެ ހާދިސާގައި 4 ގުދަނަކާއި، 6 އިމާރާތެއް އެނދިއެވެ. މިވަގުތު ވަގުތީ ހިޔާތަކުގައި 300 މީހުން ތިބިކަމަށް މައުލޫމާތު ލިބެއެވެ. ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީގެ ގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރު އުމަރު ފިކުރީ އޮންލައިން ނޫސް މިހާރަށް ދެއްވި އިންޓަވިއު އެއްގައި ވިދާޅުވެފައިވާ ގޮތުގައި މިކަހަލަ ހާދިސާތަކުގައި ސަރުކާރުން އަބަދުވެސް ދެނީ ގެއްލުމުގެ 20 އިންސައްތައެވެ. އަދި އެެހެންކަމުން މިފަހަރުވެސް އަމަލު ކުރާނީ އެ އުސޫލުން ކަމުގައި ފިކުރީ ވިދާޅުވިއެވެ. "އަޅުގަނޑުމެން ގެތަކަށް ލިބިފައިވާ ގެއްލުން އެސެސްކުރުމަށް ފަހު، އެ ބަޔަކަށް ލިބިފައިވާ ގެއްލުމުގެ 20 ޕަސެންޓް ދައުލަތުން ދޭނީ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި މާލެ އަށް ކުރި ވިއްސާރައިގައި ހާލުގައި ޖެހުނު މީހުންނަށް ވެސް ހަމަ އެގޮތަށް ދައުލަތުން އެހީ ދިނީ،" އުމަރު ވިދާޅުވި އެވެ.ސަރުކާރުގެ މި ނިންމުމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
80 %
ރުޅިއައި
20 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
ް1ދަންފަޅި2ފަހަރުކިޔަވާމީހާ
މިއޮތީ އޯގާތެރި ސަރުކާރެއް.. ޝުކުރިއްޔާ އިބޫ
REPLY
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ