ޖަލުތަކުގެ އޮޑިޓް ރިޕޯޓުން ފާހަގަކޮށްފައިވާ ކަންތައްތައް އިސްލާހުކުރުމަށް އިސްކަންދެއްވާނެ ކަމަށްވެސް އަލަށް ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަޤާމަށް އައްޔަން ކުރި އަޙްމަދު މުޙައްމަދު ފުޅު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ ހުރިހާ ކޮމިޝަންޑް އޮފިސަރުންނާއި ބައްދަލުކުރައްވައި ވާހަކަދައްކަވަމުންނެވެ..
އެމްސީއެސްގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ބައްދަލުކުރެއްވުމުގެ ބޭނުމަކީ، އެމްސީއެސްގެ އިސް ވެރިންނަށް ތައާރަފްވުމާއި، ޖަލުތައް ހިންގުމުގައި ހުރި ދަތިތަކާމެދު މަޝްވަރާކުރުންކަމަށް، ކަރެކްޝަނަލް ސަރވިސަސްއިން ވިދާޅުވެއެވެ.
އެގޮތުން ހުރިހާ ޖަލުތަކަށް ޒިޔާރަތްކޮށް ކަންތައްތައް ގާތުން ބައްލަވާނެ ކަމަށް ސީޕީ ވިދާޅުވެފައިވާކަމަށް އެ ކޮމިޝަނުން މައުލޫމާތު ދެއްވައެވެ.
ސީޕީ އަހުމަދު ވިދާޅުވީ، އައު ސްޓްރެޓީޖިކް ޕްލޭނެއް އެކުލަވާލުމަށާއި ޖަލުތަކުގެ އޮޑިޓް ރިޕޯޓުން ފާހަގަކޮށްފައިވާ ކަންތައްތައް އިސްލާހުކުރުމަށް އިސްކަންދެއްވާނެ ކަމަށެވެ.
އެ ބައްދަލުވުމަކީ ސީޕީކަމާއި އަޙްމަދު ހަވާލުވުމަށްފަހު ބޭއްވި ފުރަތަމަ ބައްދަލުވުމެވެ.
މީގެ ކުރިން އިންސްޕެކްޓަރ ޖެނެރަލް އޮފް ކަރެކްޝަނަލް ސަރވިސްގެ މަޤާމުގައި ހުންނެވި އަޙްމަދު ވަނީ މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އިން ސޯޝަލް ޕޮލިސީގެ ދާއިރާއިން މާސްޓާރސް ޑިގްރީ އަދި ޕޮލިޓިކަލް ސައިންސް އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން ބެޗްލާސް ޑިގްރީ ޙާސިލުކުރައްވާފައެވެ.
އޭނާ ވަނީ ޖެންޑަރ މިނިސްޓްރީގައިވެސް ޚިދުމަތްކުރައްވާފައެވެ.
ޖަލު އޮޑިޓް ރިޕޯޓުން ފާހަގަކޮށްފައިވާ ކަންކަން އިސްލާހު ކުރާނަން - ސީޕީ އަހުމަދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ