ފެލެއިނީއާ ގުޅުންހުރި ދެ މީހުންގެ ސާމްޕަލް ނެގެޓިވް، އެމީހުންގެ ގެތައް މޮނިޓަރިންގެ ހާލަތުން ނަގަނީ

ބެލްޖިއަމްގެ ފުޓުބޯޅަ ކުޅުންތެރިޔާ މަރުއޯން ފެލައިނީއާ ގުޅުން އޮވެގެން ޓެސްޓު ހެދި ދެމީހަކު ބައްޔަށް ނެގެޓީވްވި އެވެ،
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޯވިޑް-19 ގެ ސަރުކާރުގެ ތަރުޖަމާ ު މަބްރޫކް އަޒީޒް ވިދާޅުވީ އެ ދެމީހުންގެ ނަތީޖާ ނެގެޓިވްވިޔަސް އަލާމާތްތައް ހުރުމުން ވެލިދޫ ރިސޯޓުގައި އެ ދެމީހުން ކަރަންޓީންކޮށްފައިވާ ކަމަށެވެ. އަދި އެމީހުން މާލޭގައި ދިރިއުޅޭ ގޭގެވެސް މޮނިޓަރިންގެ ހާލަތުން ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މަބްރޫކް ވިދާޅުވީ އޭނާ އާއި ޑައިރެކްޓް ކޮންޓެކްޓްވި ކަމަށް ބެލެވޭ 20 މީހުން މިހާތަނަށް ދެނެގަނެވިފައިވާ ކަމަށެވެ. އޭގެ ތެރެއިން ފަސް މީހުން އައިސޮލޭޝަންގައި ތިބީ އޭނާ ޗުއްޓީ ހޭދަ ކުރި ރީތިރަށް ރިސޯޓުގައި ކަމަށެވެ. އަނެއް15 މީހުންނަކީ އެމްއޭސީއެލްގެ މުވައްޒަފުންނެވެ.
މީގެ ތެރެއިން ވެލިދޫގައި އައިސޮލޭޓް ކޮށްފައިވަނީ އެމްއޭސީއެލްގެ ދެ މުވައްޒަފެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ