މިހާރަކަށް އައިސް ލޯބިވުމުން ކައިވެނިކުރަނީ ބަލަންޖެހޭ ކަންކަމަށް ބަލަންވީވަރަށް ނުބަލައެވެ. އެގޮތަށް ކައިވެނިކުރުމުން ބޮޑެތި މައްސަލަތައް އެބަޖެހެއެވެ. މިޘާލަކަށް:
ފިރިހެން މީހާގެ އަމިއްލަ ގެދޮރެއ ނެތެވެ. އަންހެން މީހާގެވެސް ގެދޮރެއް ނެތެވެ. ކައިވެނިކުރީ ފިރިމީހާގެ ޢާއިލާއާއިއެކު ޢާއިލީ ގޭގައި ދިރިއުޅެވޭނެ ކަމުގެ އުންމީދުގައެވެ. އެގޭގައި ދިރިއުޅެން ފެށިތަނާ މައްސަލަތައް ޖެހެން ފެށީއެވެ. އެގޭގައި އުޅެވެން ނެތިގެން ކުއްޔަށް ތަނެއް ހިފައިގެން ބަދަލުވަނީއެވެ.
ދުވަސްކޮޅެއް ފަހުން ލިބޭ އާމްދަނީ މަދުވުމުން ނުވަތަ ކުއްޔަށް ގިނަ ޢަދަދެއްގެ ފައިސާ ދައްކަން ޖެހޭތީ ކަްނބޮޑުވުން އުފެދެނީއެވެ. އެހިސާބުން ގިނަ ފަހަރު ކުށްވެރިކުރެވެނީ އަނބިމީހާއެވެ. އަނބިމީހާ އާއި ޝަކުވާ ކުރަމުން ގޮސް ފޫހިވެ ދެމީހުން ވަކިވާ ހިސާބަށްވެސް ކަންކަން އެބަދެއެވެ.
މިއީ އެއްގޮތަކަށްވެސް ރަނގަޅު ގޮތެއް ނޫނެވެ. އިސްލާމް ދީނުގައި އޮތް ގޮތް ބަލާށެވެ! ކައިވެނިކުރާ ހިސާބުން އަނބިމިހާއަށް ބޯހިޔާވަހިކަން ފޯރުކޮށްދޭންޖެހެނީ ފިރިމީހާއަށެވެ. އަނބިމީހާގެ އަމިއްލަ ގެދޮރު ހުރިނަމަވެސް މެއެވެ. އަނބިމީހާގެ ގޭގައި ދިރިއުޅޭނަމަ އެއީ އޭނާގެ ހުރި ރަނގަޅު ކަމެވެ. އެހެންކަމަށްވާއިރު ދިރިއުޅޭ ތަނުގެ ކުލި ނުދެއްކިގެން އަނބިމީހާ ދެކެ ރުޅިއައުމާއި އަނބިމިހާ އާއި މައްސަލަތައް ޖެއްސުވުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.
މިކަންކަމަކީ ކައިވެނިކުރާއިރު ވިސްނައި ތައްޔާރުވާންޖެހޭ އެންމެ މުހިންމު ކަންކަމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަމިއްލަ ގެދޮރު ނެތި ގެދޮރު ނެތް އަންހެނަކާ ކައިވެނިކޮށްފަ ދިރިއުޅޭތަނުގެ ކުލި ދައްކަން ބޮޑުވެގެން އަނބިމީހާ ދެކެ ރުޅި އައުމުގެ ޙައްޤެއް ނެތް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ