ހަތަރު ގަޑިއިރަށް ވިލިމާލެ އިން މާދަމާ ކަރަންޓު ކަނޑާލަނީ

މަސައްކަތެއް ކުރުމަށްޓަކައި މާދަމާ އެކި ވަގުތުތަކުގައި ވިލިމާލެ އިން ކަރަންޓު ކަނޑާލުމަށް ހަމަޖެހިފައިވާ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ. ސްޓެލްކޯ އިން އިން ބުނީ ޑިސްޓްރިބިއުޝަން ނެޓްވޯކްގެ މަސައްކަތެއް ކުރުމަށްޓަކައި ވިލިމާލޭގެ އެކި ސަރަހަައްދުތަކުން މާދަމާ މެންދުރު 13:00 އިން ހަވީރު 17:00އާ ދެމެދު ކަރަންޓް ކަނޑާލުމަށް ހަމަޖެހިފައިވާ ކަމަށެވެ. ކަރަންޓް ކަނޑާލުމުގެ ސަބަނުން ދިމާވާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މައާފަށް އެދިފައެވެ. އަދި ކުރަން ހަމަޖެހިފައިވާ މަސައްކަތް ނިމުނުހާ އަވަހަކަށް ކަރަންޓުގެ ހިދުމަށް ފޯރުކޮށްދެއްވާނެ ކަމަށް ވެސް ސްޓެލްކޯ އިން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ