ސުޕްރީމް ކޯޓްގެ ފަނޑިޔާރު ސޫދުގެ ދަރިކަނބަލުން ކަރަންޓިން ކުރި ލިއުން އާންމުކޮށްފި
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސޫދުގެ ދަރިކަނބަލުން ރާނިޔާ ހުސްނުއްސުއޫދު ރާއްޖެ ވަޑައިގަތުމުން ކަރަންޓީންނުކޮށް ދޫކޮށްލި ކަމަށް ބައެއް މީޑިއާތަކުގައި ފަތުރާ ވާހަކަ ސުއޫދު މިރޭ ދޮގުކުރައްވައިފި އެވެ. ސުއޫދު ސަން ވިދާޅުވީ އޭނާގެ ދަރިކަނބަލުން ރާނިޔާ ރާއްޖެ ވަޑައިގަތީ މާޗު މަހު 28 ވަނަ ދުވަހު ކަމަށާއި އެ ދުވަހު ބިޔާދޫ ކަރަންޓީން ފެސިލިޓީގައި އޭނާ ކަރަންޓީން ކުރި ކަމަށެވެ. އަދި ކަރަންޓީންގެ މުއްދަތު ހަމަ ކުރުމަށް ފަހު އޭނާ ދޫކޮށްލާފައި ވަނީ މި މަހު 12 ވަނަ ދުވަހު ކަމަށެވެ. ސުއޫދުގެ ދަރިކަނބަލުން ކަރަންޓީން ފެސިލިޓީ އިން ދޫކޮށް އެޗުޕީއޭ އިން ދީފައިވާ ލިއުން ވެސް ސުއޫދު ވަނީ ސަން އާ ހިއްސާކޮށްފަ އެވެ. އެ ސިޓީގައިވާ ގޮތުން ރާނިޔާ ކަރަންޓީން ފެސިލިޓީ އަށް ގެންދިޔައީ މި ދިޔަ މަހު 28 ވަނަ ދުވަހު އެވެ. އަދި ދޫކޮށްލީ މި މަހު 12 ވަނަ ދުވަހު އެވެ. ސުއޫދު ވިދާޅުވީ ހަގީގަތާ ހިލާފު ދޮގު ވާހަކަތައް ބައެއް މީޑިއާތަކުން ފަތުރާތީ ހިތާމަ ކުރައްވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ