ބަރުލަމާނީ ނިޒާމަކަށް ދިއުމަކީ ކުރެވިދާނެ ކަމެއް: އާދަމް ޝަރީފް އުމަރު

ސަރުކާރު ބައިބައިވެފައިވާ ކަމަށާއި އެހެންކަމުން މި ހާލަތުގައި ބަރުލަމާނީ ނިޒާމަކަށް ދިއުމަކީ ކުރެވިދާނެކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އެބޭފުޅާ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރު ބަލިކަށިވެ، އެންމެފަހުން ބައިބައިވެފައިވާ ކަމަށެވެ. އަދި ސަރުކާރުގެ މައްޗަށް ރައްޔިތުންގެ އިތުބާރެއް ނެތްކަމަށާއި ދެން އޮތީ ދެގޮތެއްކަމަށް އެބޭފުޅާ ވިދާޅުވިއެވެ. 
އެގޮތުން ފުރަތަމަ ގޮތަކީ މިޑް ޓާމް އިލެކްޝަނަށް ދިއުން ކަމަށެވެ. އަދި ދެވަނަ ގޮތަކީ "ޕާޓީ ބަދަލުނުކުރެވޭ ގޮތެއް ގާނޫނު ބަދަލުކޮށް، ޕާލިމެންޓްރީ ނިޒާމަކަށް ރިފަރެންޑްރަމް އަކަށް ދިއުން"ކަމަށް އެބޭފުޅާ ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިއީ އިދިކޮޅު ޕްރޮގްރެސިވް-ކޮންގްރެސް ކޯލިޝަންގެ އިސް ފަރާތެއް ބަރުލަމާނީ ނިޒާމަކަށް ތާއިދުކޮށް އެފަދަ މޭރުމަކުން ވާހަކަދެއްކެވި ފުރަތަމަ ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ