އިންޓަ ސްކޫލް ފެތުމުގެ މުބާރާތް ފަސްކޮށްފި

އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަ ސްކޫލް ފެތުމުގެ 16 ވަނަ މުބާރާތް ފަސްކޮށްފި އެވެ.
ސްވިމިން އެސޯސިއޭޝަނުން ބުނީ، މުބާރާތް ފަސް ކުރަން ޖެހުނީ މާލޭ ރިންގ ރޯޑް މަސައްކަތުގެ ދަށުން ސްވިމިންގ ޓްރެކް ސަރަޙައްދުގައި ކުރެވެމުންދާ މަސައްކަތްތަކާއި ގުޅިގެން ކަމަށެވެ.
އަދި ހައުސިން މިނިސްޓްރީއާއި ކުޅިވަރާ ބެހޭ މިނިސްޓްރީ އަދި އެޑިއުކޭޝަން މިނިސްޓްރީގެ މަޝްވަރާއާއި ލަފާގެ މަތީން ދެން މުބާރާތް ބާއްވާނެ ތާރީޚެއް ކަނޑައެޅުމަށްފަހު، އާންމުކޮށް އިޢުލާނުކޮށް، ސްކޫލްތަކަށްވެސް އަންގާނެ ކަމަށް ވެސް ސްވިމިން އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.
އިންޓަ ސްކޫލް ފެތުމުގެ މުބާރާތް ފަސްކުރިއިރު، މިއަހަރުގެ އޭޕްރީލް މަހު ބޭއްވުމަށް ނިންމާފައި އޮތް ސްވިމިން އެސޯސިއޭޝަން ޗެމްޕިއަންޝިޕް ވެސް ވަނީ ފަސްކޮށްފައެވެ. އެމުބާރާތް ވެސް ފަސްކޮށްފައި އޮތީ މާލޭ ރިންގ ރޯޑްގެ މަސައްކަތް ސްވިމިންގ ޓްރެކް ސަރަޙައްދުގައި ކުރިއަށްދާތީ ކަމަށް ސްވިމިން އެސޯސިއޭޝަނުން
އޭރު ވެސް ބުންޏެވެ. އަދި އެމުބާރާތް ދެންބާއްވާނެ ތާރީޚެއް އަދި ވެސް އިއުލާން ކޮށްފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ