އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތް: 18 އަހަރުން ދަށުގެ ކުޅުން ފަށައިފި

މަމެން އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތް 2019 ގެ 18 އަހަރުން ދަށުގެ ބައިގެ ކުޅުން އިއްޔެ ފަށައިފި އެވެ.
މިއަހަރުގެ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި ކުރިއަށްދާނީ 3 އުމުރުފުރާއެއްގެ ކުޅުމެވެ. އެއީ 13 އަހަރުން ދަށާއި 15 އަހަރުން ދަށާއި 18 އަހަރުން ދަށެވެ. މުބާރާތުގެ 18 އަހަރުން ދަށުގެ ކުޅުން އިއްޔެ ފެށިއިރު، އެންމެ ފުރަތަމަ ފަށާފައިވަނީ 15 އަހަރުން ދަށުގެ ބައިގެ ކުޅުމެވެ.
މިއަހަރުގެ 18 އަހަރުން ދަށުގެ ބައިގައި 5 ސްކޫލެއް ވާދަކުރެއެވެ. އެއީ ސީއެޗްއެސްސީ އާއި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލާއި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލާއި ރެހެންދި ސްކޫލުގެ އިތުރުން ޣާޒީ ސްކޫލެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި އިއްޔެ ހަވީރު ބައްދަލުކުރީ ސީއެޗްއެސްސީ އާއި އަހުމަދިއްޔާ އެވެ. މި މެޗު 3-0 އިން ކާމިޔާބުކުރީ ސީއެޗްއެސްސީ އިންނެވެ. ދެވަނަ މެޗުގައި މިއަދު ހަވީރު ބައްދަލުކުރީ ވިލާ އާއި ރެހެންދި ސްކޫލެވެ. މި މެޗު ފަސޭހަކަމާއެކު 11-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ ވިލާ އިންނެވެ.
މުބާރާތުގެ 18 އަހަރުން ދަށުގެ ބައި ކުރިއަށްދަނީ ލީގު އުސޫލުން ކުޅެ، އެންމެ ގިނަ ޕޮއިންޓު ހޯދާ ދެޓީމު ފައިނަލަށް ދަތުރުކުރާ ގޮތަށެވެ. މި ބައިގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ