ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ޕީޕީއެމްގެ ރައީސްކަމުން ދުރުކުރާނެ ކަމުގެ އިންޒާރު ޕީޕީއެމްގެ ޕީޖީ ގުރޫޕުގެ ނާއިބު ލީޑަރު އިބްރާހިމް ފަލާހު ދެއްވައިފިއެވެ.
ޕީޕީއެމް، އެމްޑީއޭގެ ގުޅިފައިވާ ޕާލިމެންޓަރީ ގުރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު ވިދާޅުވީ މައުމޫން ޕީޕީއެމްގެ ރައީސްކަމުން ދުރުކުރަން ޖެހިފައިވާ ކަމަށެވެ.
ރައީސް މައުމޫން މިއަދާ ހަމައަށްވެސް ޕީޕީއެމްގެ ރައީސް ކަމުގައި ހުންނެވީ ރައީސް ޔާމީން އެމަނިކުފާނަށް ކުރައްވާ އިހުތިރާމަކާއި ލޯތްބެއްގެ ބޮޑުކަމުން ކަމަށް ފަލާހު ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ ޕީޕީއެމްގެ ޕާލަމަންޓަރީ ގުރޫޕާ ހަވާލުކުރިނަމަ މިހާރު ޕީޕީއެމްގެ ރައީސް ކަމުގައި އެމަނިކުފާނަށް ނުހުންނެވޭނެ ކަމަށެވެ.
އަދި ރައީސް މައުމޫން މަގާމުން ދުރުކުރުމުގެ މަސައްކަތް ފަށާނެ ކަަމަށް ވެސް އޭނަ ވިދާޅުވިއެވެ.
ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޕާޓީގެ ރައީސް މަގާމުން ވަކިކުރެވޭނެ ގޮތްތައް ޕާޓީގެ އަސާސީ ގަވައިދުގައި ބަޔާންކޮށްފައިވާ ކަމަށެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމަކީ އެކަމާ ގުޅޭގޮތުން ބޭއްވި ބައްދަލުވުމެއް ނޫން ކަމަށް ވިދާޅުވެ އަބްދުއްރަހީމް އެކަމުގެ ތަފްސީލެއް ނުދެއްވައެވެ.
ރައީސް މައުމޫން ޕީޕީއެމްގެ ރައީސްކަމުން ދުރުކުރުގެ އިންޒާރު ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ މެމްބަރަކު ދެއްވާފައިވާއިރު، ޕީޕީއެމްގެ ކައުންސިލް މެމްބަރު އަދި މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވިދާޅުވީ ފުރިހަމަ އަޣުލަބިއްޔަތަކުން ޕާޓިގެ ރައީސްކަމަށް ރައީސް މައުމޫން އިންތިޚާބު ކުރީ ޕާޓީގެ އާންމު މެމަބަރުން ކަމަށާއި ޕާލަމެންޓަރީ ގުރޫޕުގެ މެމްބަރުން ނޫން ކަމަށެވެ. އަދި ޕީޕީއެމްގެ ގިނަ މެމްބަރުން މަޖިލީހަށް އިންތިޚާބުވީ ރައީސް މައުމޫނަށް ރައްޔިތުން ކުރާ އިހުތިރާމާއި އިތުބާރާއެކު ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް މައުމޫން މަގާމުން ދުރުކުރުމަށް އިންޒާރެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ