އަނެއްކާވެސް ސްކޫލް ކުއްޖަކަށް ހަމަލާދީ ޒަހަމް ކޮށްލައިފި

ތޫނު އެއްޗަކުން ހަމަލާދީ އަނެއްކާވެސް ސްކޫލް ކުއްޖަކު ޒަހަމްކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ މިއަދު 12:55 ހާއިރު ލިލީމަގުގައި ސްކޫލް ކުއްޖަކަށް ހަމަލާދީ ޒަހަމްކޮށްފައިވާ ކަމަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އޮފިސަރު ވިދާޅުވީ އެކުއްޖާއަށް މިހާރު އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށެވެ. އަދި މިމައްސަލަ ތަހްގީގު ކުރަމުންދާތީ އިތުރު މައުލޫމަތެއް މިވަގުތު ހާމަކުރެވެން ނެތް ކަމަށެވެ.
ވީނިއުސްއަށް އެނގިފައިވާ ގޮތުގައި ހަމަލާދީފައިވަނީ ދަރުމަވަންތަ ސްކޫލުގައި ކިޔަވަމުންދާ ދަރިވަރަކަށެވެ. ނަމަވެސް ހަމަލާދިނީ ކޮން ބައެއްކަން އަދި ކީއްވެކަން ވަނީ އަދި ސާފްވާ ގޮތެއް ނުވެ އެވެ.
ދަރުމަވަންތަ ސްކޫލް ދަރިވަރަކަށް މިއަދު ތޫނު އެއްޗަކުން ހަމަލާދީފައިވާއިރު އިއްޔެ މެންދުރު 12:30 ހާއިރު ތާޖުއްދީން ސްކޫލަށްވަދެ އެސްކޫލުގެ ގްރޭޑް 10ގައި ތައުލީމު ހާސިލް ކުރަމުންދިޔަ ދަރިވަރަކަށް ވަނީ ދަގަނޑު ބުރިއަކުން ހަމަލާދީ ބޯ ފަޅާލާފަ އެވެ.
ތާޖުއްދީން ސްކޫލްގެ ދަރިވަރަށް ހަމަލާދިން ދެމީހުން މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ