ލޯންޗް ހާދިސާގެ ތަޙްޤީޤަށް ފާޑުކިޔާ ފަރާތްތަކަށް އުމަރު ރައްދު ދެއްވައިފި

ރާއްޖެއިން ބޭރުން ލިބިވަޑައިގަތް ތައުލީމާއި ތަޖުރިބާގެ ސަބަބުން، ރައީސް އަބްދުﷲ ޔާމީންގެ ރަސްމީ ލޯންޗްކޮޅު ފިނިފެންމާގައި އެއްޗެއް ގޮވި ހާދިސާގެ ހަގީގަތް ހޯދަން ވަރަށް ބޮޑު އެހީއަކަށްވެފައިވާ ކަމަށް ވިދާޅުވެ އޭނާ އަށް ކުރިމަތިވެފައިވާ ފާޑުކިޔުންތަކަށް ހޯމް މިނިސްޓަރު އަދި ކޮމިޝަން އޮފް ނޭޝަނަލް އިންކްއަރީގެ ކޯޗެއާ އުމަރު ނަސީރު ރައްދުދެއްވައިފިއެވެ.
އުމަރު މިރޭ ކުރެއްވި ޓްވީޓެއް ކުރައްވާ އެހެން ވިދާޅުވެފައިވާއިރު،  ޖިނާއީ ތަހުގީގު އޮފިސަރު ކަމުގެ ކޯސް ފުރިހަމަކުރެއްވި ބޭރުގެ އެކަޑަމީއަކުން އޭނާއަށް ދީފައިވާ ލިޔުމާއި ކިޔަވާ ވިދާޅުވި ދުވަސްވަރުގެ ފޮޓޯއެއް ވެސް ޓްވީޓްގައި ހިމަނާފައިވެއެވެ.
އުމަރުގެ ވިދާޅުވީ އޭރު ކިޔެވި ތަކެތީގެ ބޭނުން ލޯންޗްކޮޅުގެ ހާދިސާ ތަހުގީގުކޮށް ހަގީގަތް ހޯދުމުގައި އެހީތެރިވެދޭ ކަމަށެވެ.
އެ ހާދިސާ ތަހުގީގުކުރާ އިންކްއަރީ ކޮމިޝަންގެ ކޯޗެއާއަކަށް އުމަރު ހުންނަވާއިރު، އެ މައްސަލަ އުމަރު ސިޔާސީ ކުރައްވަން އުޅުއްވާ ކަމަށް ބައެއް ފަރާތްތަކުން ދަނީ ތުހުމަތުކުރައްވަމުންނެވެ. އެގޮތުން ލޯންޗްކޮޅުގައި ހިނގާދިޔަ ހާދިސާ ވަކި ފަރާތެއްގެ ބޮލުގައި އެޅުވުމަށް އުމަރު މަސައްކަތްކުރާ ކަމަށް ވެސް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ