މަސްޖިދުލް އަގްސާގެ އިމާމް، ޝައިހު އަލީ އުމަރު ރާއްޖެ ވަޑައިގެންފި

ފަލަސްތީނުގެ ހާލަތު ދިވެހިންނަށް ހިއްސާ ކުރުމަށް އަގްސާގެ އިމާމް ޝައިހް އަލީ އުމަރު ޔައުގޫބު އަލްއައްބާސީ މާލެ ވަޑައިގެންފި އެވެ.
ފަލަސްތީނުގައި މިހާރު ހިނގަމުންދާ ހަަމަނުޖެހުންތަކުގައި އެގައުމުގެ ރައްޔިތުން ދިރިއުޅެމުންދާ ހާލު އަދި ގައުމުގެ ހާލަތު ދިވެހިންނާއި ހިއްސާ ކުރެއްވުމަށް އިމާމް، ޝައިހް އުމަރު ރާއްޖެއަށް ކުރައްވާ ދަތުރުުފުޅުގައި ރައިސް އަބުދުﷲ ޔާމީނާއި، ކުރީގެ ރައީސް މައުމޫން އަބުދުﷲ ގައްޔޫމް އަދި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރުގެ އިތުރުން ރާއްޖޭގެ ބައެއް އިލްމުވެރިންނާ ބައްދަލުކުރައްވާނެއެވެ.
އެމަނިކުފާނު ރާއްޖޭގައި ހުންނަވަނީ އަންނަ ހޮނިހިރު ދުވަހާ ހަމައަށެވެ. ހޮނިހިރު ދުވަހު އެމަނިކުފާނު ފަލަސްތީނަށް އެނބުރި ވަޑައިގަންނަވާއިރު ރައީސް ޔާމީން އާއި ކުރީގެ ރައީސް މައުމޫނާއި އެމަނިކުފާނު ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހެވެ.
"ދަ މެސެޖް" ޕްރޮގްރާމްގެ އަންނަ ހުކުރު ދުވަހުގެރޭ އޮންނަ ޕްރޮގްރާމްގައި މެހެމާނެއްގެ ގޮތުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާ އިރު މާދާމާގެ މަޣްރިބު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި އެމަނިކުފާނުގެ ދީނީ ދަރުހެއްވެސް އޮންނާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ