ރޭ ޒަހަމްކޮށްލި ފުލުސް މީހާ ވެސް ބޭރަށް

ޑިއުޓީ ކުރަމުން ދަނިކޮށް ތޫނު އެއްޗަކުން ހަމަލާދީ ރޭ ޒަހަމްކޮށްލި ފުލުސް މީހާގެ ހާލު ސީރިއަސް ވެގެން އެނާއަށް އިތުރު ފަރުވާ ދިނުމަށް މިއަދު ހެނދުނު ރާއްޖެއިން ބޭރަށް ފުރުވާލައިފި އެވެ.
ފުލުސް މީހާއަށް ލިބުނު ޒަހަމްތައްކަށް ފަރުވާ ދިނުމަށް ފުރުވާލީ ސްރީލަންކާ އަށެވެ. މިއީ މިހާރު މާލޭގައި ހިނގާ ހަމަނުޖެހުންތަކުގައި ފުލުހުންނަށް ދިން ހަމަލާތަކުގައި އިތުރު ފަރުވާ ދިނުމަށް ރާއްޖޭން ބޭރަށް ފޮނުވާލި ހަތަރު ވަނަ މީހާއެވެ.
ފުލުސް މީހާއަށް ބޭރަށް ފުރުވާލީ ރޭ 12:25 ގައި ކާނިވާ ސަރަހައްދުގައި ތޫނު އެއްޗަކުން އޭނާގެ ކަނދުރާއަށް ހަމަލާ ދީ ޒަހަމްކޮށްލުމުން އޭޑީކޭ ހޮސްޕިޓަލުންގެ އެމަޖެންސީގައި ފަރުވާ ދިނުމަށްފަހު އެވެ. ހަމަލާދިން ފުލުސް މީހާއަކީ ޓްރެފިކް ޕޮލިސް ޑިޕާރޓްމަންޓްގައި މަސައްކަތްކުރާ ފުލުހެކެވެ.
ކާނިވާ ސަރަޙައްދުން ތޫނުއެއްޗަކުން ފުލުސް މީހާއަށް ހަމަލާދިން ކަމުގެ ތުޙުމަތުގައި މިހާތަނަށް ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ކުޑަކުއްޖަކު ވެސް ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ