ދިރާގު ފައިބަރ ބްރޯޑްބޭންޑް ކަނެކްޝަން ހިލޭ ގުޅައިދިނުމުގެ ޕްރޮމޯޝަން އިތުރު ކޮށްފި

ދިރާގު ފައިބަރ ބްރޯޑްބޭންޑް ހިދުމަތަށް އަލަށް ސަބްސްކްރައިބް ކުރައްވާ ކަސްޓަމަރުންނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދަމުންދާ ޕްރޮމޯޝަން 14 އެޕްރީލް 2021ގެ ނިޔަލަށް އިތުރު ކޮށްފިއެވެ.
މި ޕްރޮމޯޝަނުގެ ދަށުން ދިރާގު ފައިބަރ ކޭބަލް އެއް އަޅާފައިވާ ބިލްޑިންގތަކުގައި ދިރިއުޅުއްވާ ކަސްޓަމަރުންނަށް ދިރާގު ފައިބަރ ބްރޯޑްބޭންޑްގެ ހިދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ރައުޓަރ އިން %50 ޑިސްކައުންޓް ލިބޭނެ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ. މީގެ އިތުރުން ދިރާގު ފައިބަރ ކޭބަލެއް ނެތް ބިލްޑިންގ ތަކުގައި ދިރިއުޅުއްވާ ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގެ ދަށުން %50 ޑިސްކައުންޓް ކަނެކްޝަން ފީ އިން ލިބިގެންދާނެއެވެ.
ދިރާގު ފައިބަރ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ބޮޑު ފައިބަރ ނެޓްވޯކު ކަމަށާއި އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 80 އިންސައްތައަށް އަދި 64 ރަށަށް މި ހިދުމަތް ފޯރުކޮށްދީފައިވާ ކަަމަށް ދިރާގުން މައުލޫމާތު ދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ