މުޅި ރިޔާސީ ދައުރުގައި ފައިސާ ޗާޕު ކުރަން ވިސްނާނަމަ، އެއީ ގޯހެއް: ސަޢީދު

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ މުޅި ރިޔާސީ ދައުރު އެއްކޮށް ފައިސާ ޕްރިންޓްކޮށްގެން ވެރިކަން ކުރަން ވިސްނާނަމަ، އެއީ ހެދޭނެ ވަރަށް ބޮޑު ގޯހެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ސަޢީދު މިހެން ވިދާޅުވެފައިވަނީ، ވ.އަތޮޅު ތައުލީމީ މަރުކަޒާއި، ވ. އަތޮޅު މަދަރުސާގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ މަލްޓިޕާޕަސް ހޯލުގެ މަސައްކަތް އަވަސް ކުރުމަށް ގޮވާލައްވައި، ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޒުލް ރަޝީދު މަޖިލީހަށް ހުށަހެޅުއްވި ޤަރާރަށް ބަހުސް ކުރައްވަމުންނެވެ.
"އަޅުގަނޑަށް މިއަދު އެންމެ ބޮޑު ލައިބިލިޓީއަކަށް ވަނީ މި ސަރުކާރު. މި ސަރުކާރަށްވުރެ ބޮޑު ލައިބިލިޓީއެއް ދައުލަތުގެ މައްޗަކަށް އޮތްހެނެއް އަޅުގަނޑަކަށް ހީއެއް ނުވޭ" ސަޢީދު ވިދާޅުވިއެވެ.
ސަޢީދު ވިދާޅުވީ މީގެ ކުރިންވެސް ފައިސާ ޗާޕުކޮށް، ޤާނޫނުގައިވާ ބައެއް މާއްދާތައް ސަސްޕެންޑް ކުރުމަށް ކުރިން އެދުމުން މަޖިލީހުން އެކަމަށް ހުއްދަ ދޭއިރު، ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށެވެ.
އެގޮތުން ވިޔަފާރިތަކަށާއި، ދަތުރުފަތުރުގެ ނިޒާމަށް އަންނާނެ ބަދަލުތަކާއި، އިމާރާތް ކުރުމުގެ ދާއިރާއާއި، ރިސޯޓް މުވައްޒަފުންނަށް އެއްވެސް ފައިދާއެއް ކުރާނެތޯ ބެލެން ޖެހޭނެ ކަމަށް ސަޢީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ