އެންމެ ގިނައިން ފަތުރުވެރިން އަންނަ މަންޒިލްތަކުން ޗާޓަރު ފްލައިޓްތައް އައްޑޫ އަށް ބާއްވަން މަޝްވަރާކުރަނީ އައްޑޫގައި ހަށިވިއްކަމުން ދިޔަ ތަނެއް ބަލާ، 10 މީހަކު ހައްޔަރުކޮށްފި ކުރީ ސަރުކާރުން ފައިސާ ޗާޕުކުރިވަރު 40 އަހަރު ޗާޕުކުރިވަރަށްވުރެ އިތުރު: ރައީސް

ރޭ އައްޑޫ ސިޓީ އަށް ކުރި ވިއްސާރައިގައި މީހުންނަށް ނޫޅެވޭ ވަރަށް ގެއްލުންވި ހަތަރު ގެއަކުން މީހުން ވަގުތީ ހިޔާ އަށް ބަދަލުކޮށްފި އެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނީ މި ވިއްސާރައިގައި އެ ސިޓީގައި ފެންބޮޑުވެ ބައެއް ގޭގެ އަށް އަސަރުކޮށްފައިވާ ކަމަށެވެ. އެގޮތުން ހަތަރު ގެއެއްގައި ދިރިއުޅެން ދަތިވާ ވަރަށް ފެންބޮޑުވެ، އެގޭގައި ދިރިއުޅޭ އާއިލާތައް ވަގުތީ ހިޔާތަކަށް ބަދަލުކުރުމުގެ މަސައްކަތް އައްޑޫ ސިޓީ ކައުންސިލުން ކުރިއަށް ގެންގޮސްފައިވާކަމަށް އެންޑީއެމްއޭ އިން ވަނީ ބުނެފައެވެ.
އައްޑޫ އަށް ކުރަމުންދާ ވިއްސާރައިގައި ފޭދޫގެ 30 އަށް ވުރެ ގިނަ ގެއަކަށް ފެން ވަދެފައިވާއިރު އެ އަވަށުގެ ގިނަ މަގުތަކުގައިވެސް ވަނީ ފެން ބޮޑުވެފައެވެ. ފޭދޫ މަގުތަކުގައި ފެން ބޮޑުވުމާއި ގުޅިގެން ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ސ.ހިތަދޫ ފަޔަރ ސްޓޭޝަނުން ވަނީ ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ