ލާމު ބަދަލުކޮށްލާ މެރިޓައިމް ހަބް: ޗައިނާ ކުންފުނިން ގާދޫއަށް

ގާދޫގެ މި މަޝްރޫއަކީ އެތައް ބިލިއަން ޑޮލަރެއްގެ ބިޔަ މަޝްރޫއެކެވެ. މި މަޝްރޫއުގައި އިކޯޓޫރިޒަމްގެ ކޮންޕޯނަންޓެއްވެސް ހިމެނެ އެވެ.
މާލެ ވިޔަފާރި ބަނދަރު ބަލަހައްޓާ ކުންފުނި، އެމްޕީއެލް އިން ގާދޫގައި ފަށަން ތައްޔާރުވާ މެރިޓައިބް ހަބްއަކީ ލާމު ބަދަލުކޮށްލާނެ މަޝްރޫއަކަށް ވާނެ އެވެ. މި މަސައްކަތް ކުރުމަށް ހަވާލު ކޮށްފައި ވަނީ ޗައިނާގެ ސީއޭއެމްސީ އިންޖިއަރިން (ކެމްސީއީ) ކުންފުންޏާ އެވެ. މަސައްކަތް ހަވާލު ކުރުމާއެކު އެ ކުންފުނީގެ ޓީމެއް އެ ރަށަށް އަރައި ކޮންސެޕްޓް ހަދަން ފުރަތަމަ ދިރާސާތައް ކޮށްފި އެވެ. 
އެމްޕީއެލްއިން ބުނީ ގާދޫގައި ކުރިއަށް ގެންދިޔަ ސާވޭގައި ކެމްސީއީގެ ހަތް އިންޖިނޭރުން ބައިވެރިވި އެވެ. މި ޓީމުގައި އެމްޕީއެލްގެ ޓެކްނިކަލް ޓީމެއް ވެސް ބައިވެރިވެފައި ވެއެވެ. 
ރަށް ހިމާޔަތް ކުރެވޭނެ - މި ކޮންސްޓް އެމްޕީއެލްއިން ފަރުމާކޮށްފައި ވަނީ ގާދޫއަކީ ވެލާ އާއި ކަހަނބު ބިސް އަޅަން އަރާ ރަށަށްވާތީ އެ ތަކެއްޗާއި ރަށް ހިމާޔަތް ކުރެވޭނެ ގޮތަކަށެވެ. ވެލާ ހިމާޔަތް ކުރަން ކޮންޒަވޭޝަން ރިހިބިލިޓޭޝަން ސެންޓަރެއް ގާއިމް ކުރާނެ އެވެ. 
އެމްޕީއެލްގެ ސީއީއޯ ވަޖީހު ވިދާޅުވީ މި މަޝްރޫއުގެ ސަބަބުން ރާއްޖެ އާއި މި ސަރަހައްދަށް އިގްތިސޯދީ ގޮތުން ބޮޑު ބަދަލެއް އަންނާނެ ކަމަށެވެ. މި މަސައްކަތް އެމްޕީއެލްގެ މުވައްޒަފުން ރަސްމީކޮށް ފަށާފައިވަ ކަމަށެވެ. "އަޅުގަނޑަށް ގަބޫލު ކުރެވެނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިސްނުންފުޅު ހުރީ މިއިން ޒަމާނަކު ނުވިސްނާ ވަރަށް އިގްތިސޯދީ ގޮތުން ނުވިސްނާ ވަރަށް ވިސްނާފައިވާކަން،" ވަޖީހު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ގާދޫ އޮފްޝޯ ބަންކަރިންގެ ސަބަބުން ބޮޑު ބަދަލުތަކެއް އަންނާނެ ކަމަށެވެ. މީގެ އިތުރުން މިތަނުގައި ކްރޫޒްލައިން ޓާމިނަލެއް ހަދާނެ ކަމަށެވެ. "މި ކްރޫޒްލައިން ޓާމިނަލްގެ ސަބަބުން އިގްތިސޯދީ ބޮޑު ބަދަލެއް އަންނާނެ. އެކަމަކު މި ފެންވަރުގެ ބޭފުޅުންނަށް ހިދުމަތް ދެވޭނެ ގޮތެއް ނެތް،" ވަޖީހު ވިދާޅުވި އެވެ. 
 މަޝްރޫއުގެ ދަށުން މި ރަށުގައި ބަންކަރިންގެ ހިދުމަތް ފަށާނެ އެވެ. މި ހިދުމަތް ދޭނީ އެ ސަރަހައްދުން ދަތުރު ކުރާ ކާގޯ ވެސަލްތަކާއި ކްރޫޒް / ޔޮޓްތަކަށް "އޮފް ޝޯ" ބަންކަރިން ހިދުމަތް ދެވޭ ގޮތަށެވެ. މި ރަށުގައި ކްރޫޒް ޓާމިނަލް- ރާއްޖޭގައި އަދި މިހާތަނަށް ކްރޫޒް ލައިނާތަކަށް ހާއްސަ ސަރަހައްދެއް ނެތެވެ. ގާދޫގައި ކްރޫޒް ޓާމިނަލްއެއް ހެދުމުން، އެ ސަރަހައްދަށް ކްރޫޒް ލައިނާތަކަށް ދަތުރުކޮށް، މެރިޓައިމް ހަބްގައި ދެން ހުރި ހިދުމަތްތަކަށް ޑިމާންޑް އުފެއްދޭނެ އެވެ.މި މަޝްރޫއުގެ ބައެއްގެ ގޮތުގައި ވަރުގަދަ ކޯލްޑް ސްޓޯރޭޖެއްވެސް ހަދާނެ އެވެ. މީގެ ބޭނުމަކީ ލާމު އަތޮޅަކީ ދަނޑުވެރިކަން ކުރާ އަތޮޅަކަށްވާއިރު، ކޯލްޑް ސްޓޯރޭޖްތައް ބޭނުންކޮށްގެން ދަނޑުވެރިން ހައްދާ ތަކެތި ރައްކާކުރެވޭނެ ގޮތެއް ހޯދުމެވެ. މީގެ އިތުރުން، ސަޕްލައިގެ ހިދުމަތް ވެސް ފަށާނެ އެވެ. އަދި ޓްރާންޝިޕްމަންޓް ހިދުމަތް ތައާރަފްކުރުމުން ޓްރާންޝިޕްމަންޓް ހަބެއްގެ ގޮތުގައި ގާދޫ ކުރިއެރުވުމަކީ ވެސް މި މަޝްރޫއުގެ ބައެކެވެ.
ލާމު ބަދަލުކޮށްލާ މަޝްރޫއު - ރަށުގެ ރީތިކަން ނުގެއްލި، ބިލިއަން ޑޮލަރުގެ މަޝްރޫއެއް
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ