މިސްކިތްތައް މަރާމާތުކުރި ކުންފުނިތަކަށް ނުދައްކާ އޮތް 27 މިލިއަން ރުފިޔާ ދީފި

މިނިސްޓަރު ވިދާޅުވީ މި ސަރުކާރު އައި އިރު ކުންފުނިތަކަށް ދައްކަން ޖެހޭ 27 މިލިއަން ރުފިޔާ އޮތް ކަމަށާއި، މިހާރު އެހުރިހާ ފައިސާއެއް ދައްކައި ހަލާސްކުރެވިފައި ވާކަމަށެވެ.
މިސްކިތްތައް މަރާމާތުކުރި ކުންފުނިތަކަށް ނުދައްކާ ހުރި 27 މިލިއަން ރުފިޔާ ދައްކައި ހަލާސް ކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، މިސްކިތްތައް މަރާމާތު ކުރުމާއި ބެލެހެއްޓުމަކީ މި ސަރުކާރުން މުހިންމު އަހަންމިއްޔަތެއް ދޭނެ ކަންކަން ކަމަށެވެ. "މި ސަރުކާރުން ވެރިކަމާ ހަވާލުވި އިރު ގާތްގަނޑަކަށް 27 މިލިއަން ރުފިޔާގެ ބިލްތައް ހުރި ކުންފުނިތަކަށް ނުދައްކާ. އެ ހުރިހާ ފައިސާއެއް މިހާރު ވާނީ ހަލާސް ކުރެވިފައި،" މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ. ޝަހީމް ވިދާޅުވި ގޮތުގައި މިއީ އިގްތިސާދީ ގޮތުން ވެސް ރާއްޖެއަށް ދަތި ދުވަސްވަރެކެވެ. އެހެން ނަމަވެސް މި ދަތިކަމުގައި ވެސް މިސްކިތްތަކާ ގުޅުންހުރި ކަންކަމުގައި ސަރުކާރުން އަޅާ މުހިންމު ފިޔަވަޅުތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި ފިނޭންސް މިނިސްޓްރީއަށް ޝުކުރު ހައްގު ކަމަށް ވިދާޅުވި އެވެ.މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވި ފަހުން، ހަމައެކަނި މިސްކިތްތަކުގެ މަރާމާތަށް 19 މިލިއަން ރުފިޔާ ހޭދަކޮށްފި ކަމަށެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ