ކުރީގެ ރައީސް މައުމޫނު ކޮވިޑް ވެކްސިން ޖައްސަވައިފި

ކުރީގެ ރައީސް އަލްއުސްތާޒް މައުމޫނު އަބްދުލް ގައްޔޫމު ކޮވިޑް ވެކްސިން ޖައްސަވައިފިއެވެ.
ރައީސް މައުމޫންއާއި އެކު އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ވެސް ވަނީ ވެކްސިން ޖައްސަވައިފަ އެވެ. މިދެބޭފުޅުންވެސް ވެކްސިން ޖެއްސެވީ މިއަދު މެންދުރުގެ ވަގުތެއްގައި ސެނެހިޔާ ހޮސްޕިޓަލުންނެވެ.
ރައީސް މައުމޫނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮވިޑާ ދެކޮޅަށް ރައްކާތެރިކަން ހޯދުމަށް ހުރިހާ ބޭފުޅުންވެސް ވެކްސިން ޖައްސަވަން އެދޭ ކަމަށެވެ.
ރާއްޖޭގައި ކޮވިޑާ ދެކޮޅަށް މިވަގުތު ދެމުން ދަނީ އެސްޓްރާޒެނެކާ އާއި އޮކްސްފޯޑު ޔުނިވާސިޓީ އިން އުފެއްދި ކޮވިޝީލްޑް ވެކްސިނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ